އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ހޯލްގެ އިރުމަތީކޮޅުގައިވާ ތަނުގައި ޖަހާފައިވާ މުށި ނައްޓައި އަލުން މުށިޖެހުމުގެ މަސައްކަތް ކުރުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ހޯލުގެ އިރުމަތީކޮޅުގައިވާ ތަނުގައި މިހާރު ޖަހާފައިވާ މުށި ނައްޓައި އަލުން މުށިޖެހުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޑިސެންބަރު 2015 ވާ ބުދަދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

11 ރަބީޢުލްއައްވަލް 1437

22 ޑިސެންބަރު 2015
ހޯދާ