ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ލީޑިންގ ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: ލީޑިންގ ޓީޗަރ

ބޭނުންވާ އަދަދު: 1 (އެކެއް) 

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: ހއ. އަތޮޅު ތަޢުލީމީ މަރުކަޒު، ހއ. ދިއްދޫ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ޝަރުޠު:

މަޤާމް

ކްލެސިފިކޭޝަން

ރޭންކް

ޝަރުޠު

މަޤާމްގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޓީޗަރ

 

ސްކޫލް ޓީޗަރސް

 

CS9-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

5780.00

2500.00

CS9-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS9-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވެރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

6090.00

2500.00

CS9-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS9-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވެރުބެލުމުގެ ނިޒާމުން ވިދިވިދިގެން 3 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

6410.00

2500.00

CS9-5

ޓީޗަރުންގެ  ވަޒީފާގެ  އޮނިގަނޑުގެ  CS9-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވެރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

6750.00

2500.00

ޓީޗަރ

 

ސްކޫލް ޓީޗަރސް

 

CS11-2

ކިޔަވައިދިނުމުގެ  ރޮނގުން  ދިވެހިރާއްޖޭގެ   ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދު ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

7070.00

2500.00

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

7450.00

2500.00

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

7840.00

2500.00

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8250.00

2500.00

ޓީޗަރ

 

 

ސްކޫލް ޓީޗަރސް

 

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ޑިގްރީ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8440.00

2500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

8890.00

2500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

9360.00

2500.00

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

9850.00

2500.00

ސީނިއަރ ޓީޗަރ

 

ސްކޫލް ޓީޗަރސް

 

CS15-2

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް  7  ގެ   ސަނަދެއް  ނުވަތަ އެއަށްވުރެ   މަތީ  ސަނަދެއް    ހާސިލުކޮށްފައި  އޮތުމާއެކު، ތަޢުލީމީ  ދާއިރާއިން  ނުވަތަ    ކިޔަވައިދޭ  މާއްދާއަށް ޚާއްޞަކުރެވިފައިވާ  ދާއިރާއަކުން   ދިވެހިރާއްޖޭގެ   ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ؛

- ކިޔަވައިދޭ  މާއްދާއަށް  ޚާއްޞަކުރެވިފައިވާ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

9910.00

2500.00

CS15-3

ޓީޗަރުންގެ  ވަޒީފާގެ  އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

10,100.00

2500.00

CS15-4

ޓީޗަރުންގެ  ވަޒީފާގެ  އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

10,320.00

2500.00

CS15-5

ޓީޗަރުންގެ  ވަޒީފާގެ  އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

10,640.00

2500.00

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން.

%25

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން.

%20

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން.

 

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން.

%20

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން.

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ޓީޗަރުންނާ ގުޅޭ

1- ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

2- ސުޕަވިޜަންގެ ކަންތައް ހަރުދަނާކަމާއެކު ކުރިއަށްގެންދިއުމަށް ޕްރިންސިޕަލަށް އެހީތެރިވުން.

3- ޓީޗަރުން ކިޔަވައިދިނުމުގައިހުރި އުނި ކަންތައްތަކާއި ރަނގަޅު ކަންތައްތައް ފާހަގަކުރުމަށް މަދުވެގެން ދުވާލަކު އެއް ލެސަން އޮބްޒަރވްކުރުމާއި، އޮބްޒަރވްކުރުމަށްފަހު ރަނގަޅު ކަންތައްތަކަށް ތަޢުރީފްކޮށް ހިތްވަރުދީ އުނި ކަންތައްތައް އިޞްލާޙްކުރާނެގޮތުގެ އިރުޝާދުދީ މަޝްވަރާކުރުން.

4- ކިޔަވައިދޭ އެއްޗެތި ކުދިންނަށް އެނގޭ މިންވަރު ވަޒަންކުރުމަށް ޓީޗަރުން ގެންގުޅޭ އުޞޫލްތައް  (އެސެސްމަންޓް ޓެކްނިކްސް) ޗެކްކުރުން.

5- ކިޔަވައިދިނުން އިޞްލާޙުކުރުމަށް ރޭވޭ ތަފާތު ޕްރޮގްރާމްތައް (ރެމީޑިއަލް، ނުވަތަ އެންރިޗްމަންޓް ނުވަތަ ބެލެނިވެރިންންނަށް މަޢުލޫމާތުދިނުންފަދަ) ހިނގާނުހިގާގޮތް ބަލައި، އެކަން ފްލޯއަޕް ކުރުން.

6- ލެސަން އޮބްޒަވޭޝަން ކުރިއަށްގެންދިއުމަށް ޕްރީ މީޓިންގއާއި، ޕޯސްޓް މީޓިންގ ބޭއްވުން.

7- ކޯޑިނޭޝަން ބައްދަލުވުން / ޑިޕާޓްމަންޓް ބައްދަލުވުން / ސެޝަން ބައްދަލުވުން ބޭއްވުން.

ދަރިވަރުންނާ ގުޅޭ

8- ދަރިވަރުންގެ ތަމްރީން ހަދާ ފޮތްތައް ޗެކްކުރުމުގައި ޕްރިންސިޕަލަށް އެހީވުން.

9- ދަރިވަރުންގެ ފެންވަރު މަތިކުރުމަށާއި، ދަރިވަރުން މާއްދާތަކުން ފެއިލްވާ މިންވަރު ދަށްކުރުމަށް ތަފާތު ޕްރޮގްރާމް ރާވައި ހިންގުމުގައި ޕްރިންސިޕަލަށް އެހީވުން.

10- ރިމީޑިއަލް ކްލާސްތަކާއި އެންރިޗްމެންޓް ކުލާސްތައް ރާވައި ހިންގުން.

11- ދަރިވަރުންގެ އަޚްލާޤީ ފެންވަރު ހިފެހެއްޓުމަށް ބާރުއެޅުމާއި، ސްކޫލް ތެރޭގައި ދަރިވަރުންގެ އަޚްލާޤް  ހުންނަގޮތް ބެލެހެއްޓުން.

12- އެސެމްބްލީގަޑި، ޕީއީ ނަގާ ސަރަހައްދާއި، ދަރިވަރުން ހަރަކާތްތެރިވާ އެންމެހައި ތަންތަން ކިޔެވުން ކުރިއަށްދާއިރު ސުޕަވައިޒްކުރުން.

ކިޔަވައިދިނުމާ ގުޅޭ

13- ސުޕަވިޜަންގެ ޓައިމް ޓޭބަލް ތައްޔާރުކުރުމާއި، ހާޒިރުނުވާ ޓީޗަރުންގެ ގަޑިތަކަށް ސަބްސްޓިޓުޝަން ގަޑިތައް ހަމަޖެއްސުން.

14- ކިޔަވައިދިނުމާ ގުޅޭގޮތުން ޓީޗަރުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތުތައް ފުރިހަމަކުރޭތޯ ބެލުމާއި ޗެކްކުރުން.

15- ދަރިވަރުންގެ ދުވަހުގެ ހާޒިރީ ދުވަހުން ދުވަހަށް ޗެކްކުރުން.

  އެކްސްޓްރާ ކަރިކިއުލަރ އަދި ކޯކަރިކުލަރ ހަރަކާތްތަކާބެހޭ

16- އެކްސްޓްރާ އަދި ކޯކަރިކުލަރ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ޕްރިންސިޕަލަށް އެހީތެރިވުން.

17- ސްކޫލުގެ އެކްޓިވިޓީ ކަލަންޑަރުގައިވާ ހަރަކާތްތައް ހިންގުމަށް ޕްރިންސިޕަލަށް އެހީތެރިވުން.

ހިންގުމުގެ ދާއިރާއާ ބެހޭ

18- ސްކޫލުގައި އިސްކޮށް މަސައްކަތްކުރައްވާ ފަރާތްތަކާ ގާތްގުޅުމެއް ބޭއްވުމާއެކު، ޕްރިންސިޕަލްގެ އެހީ ހޯދުމާއި، ކަންކަމުގެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުން.

19- ތަފާތު ހަރަކާތްތަކާއި ކަންކަން ރާވައި ހިންގުމުގައި ސްކޫލް މެނޭޖްމަންޓަށް އެހީ ފޯރުކޮށްދިނުން.

20- ސްކޫލް ކަލަންޑަރު އެކުލަވައިލުމުގައި ސްކޫލް މެނޭޖްމަންޓަށް އެހީފޯރުކޮށް ދިނުން.

21- ކްލާސްރޫމާއި ހޯލު، ކިޔެވުމާއި އިމްތިޙާންތަކާއި އެހެނިހެން ހަރަކާތްތަކަށް ތައްޔާރުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.

22- އަޚްލާޤީ މައްސަލަތަކުގައި ހަރުދަނާ ފިޔަވަޅުއެޅުން.

23- ގަޑިޖެހިގެން އަންނަ ކުދިންގެ ކަންތައްތައް ބެލެހެއްޓުން.

24- ސްކޫލަށް ހާޒިރުނުވާ ކުދިންނާއި ބަލިވުމުން ސްކޫލަށް ހާޒިރު ނުވެވޭ ކުދިންގެ ކަންތައްތައް ބެލެހެއްޓުން.

25- އަޚްލާޤީ ކަންކަން ރިކޯޑްކުރުން (ޑިސިޕްލިންގ ރިކޯޑް)

26- އިމްތިޙާންތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

27- ބެލެނިވެރިންނާއި ޓީޗަރުންގެ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރުން.

28- އެސެމްބްލީ ރާވައި ހިންގުން.

  އިތުރުގަޑިއާ ބހޭ

29- ގްރޭޑްގެ އެންމެހައި ޓީޗަރުންގެ އިތުރުގަޑީގެ ހާޒިރީ ދުވަހުން ދުވަހަށް ޗެކްކުރުން.

30- އިތުރުގަޑީގެގޮތުގައި ކޮށްފައިވާ މަސައްކަތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން.

31-  އިތުރުގަޑީގެ ރިޕޯޓް ކޮންމެ މަހެއްގެ 15 ގެ ކުރިން ނިންމުން.

32- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތު ދާއިރާއަށް ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ފާއިތުވި އަހަރުތަކުގެ އެޕްރައިޒަލް މާކްސް.

ހ. މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއާއި، ފާއިތުވެދިޔަ އަހަރުތަކުގެ އެޕްރައިޒަލް މާކުހަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޑިސެންބަރު 30 ވަނަ ދުވަހުގެ 14:00 އެވެ.

ނޯޓް:

 މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ފޯން:   6500014

ފެކްސް: 6500560

މެއިލް އެޑްރެސް: [email protected]          

9 ރަބީޢުލްއައްޥަލް 1437

20 ޑިސެންބަރު 2015
ހޯދާ