މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގައި ފެންސް ޖެހުމާގުޅޭ

ރ.އިނގުރައިދޫ ފުޓްސަލްދަނޑުގައި ފެންސް ޖެހުމާގުޅޭ

ރ.އިނގުރައިދޫ ފުޓްސަލްދަނޑުގައި ފެންސް ޖަހައިދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ރ.އިނގުރައިދޫ ފުޓްސަލްދަނޑުގައި ފެންސް ޖަހައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:15 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 10:15 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މަޢުލޫމާތު ސާފުކުރައްވަން އަދި ބިޑް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއި އައި.ޑީ.ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. ހުށަހަޅާ އަންދާސީހިސާބުގެ ބޭރުގައި " ރ.އިނގުރައިދޫ ފުޓްސަލްދަނޑުގައި ފެންސް ޖަހައިދެއްވުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                                

11 ރަބީޢުލްއައްވަލް 1437

22 ޑިސެންބަރު 2015
ހޯދާ