ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އޮފީސް އިމާރާތެއް/ ޖާގައެއް ހޯދުމަށް

އޮފީސް އިމާރާތެއް/ ޖާގައެއް ހޯދުމަށް

މި އޮތޯރިޓީގެ ބޭނުމަށް 2000 އަކަފޫޓާއި 3000 އަކަފޫޓާ ދެމެދުގެ ޖާގައެއް އޮތް، އަދި 5 (ފަހެއް) އަހަރަށްވުރެ ކުރުނޫން މުއްދަތަކަށް ކުއްޔަށް ދެވޭނެ އިމާރާތެއް/ ޖާގައެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:30 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 3 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ (މެންދުރުފަހު) 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3014105 ނުވަތަ 3014119 ފޯނަށް ގުޅުއްވުން އެދެމެވެ

 11 ރަބީޢުލްއައްވަލް 1437

22 ޑިސެންބަރު 2015
ހޯދާ