ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓެންޓް ސިވިލް އިންޖިނިއަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ރޭންކް: އެމް. އެސް. 2
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މުސާރަ: -/6295 ރުފިޔާ
ސަރވިސް އެލަވަންސް: -/3500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މަޤާމުގެ ގިންތި: ދާއިމީ
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ފިޒިކަލް ފެސިލިޓީޒް ޑިވެލޮޕްމަންޓް ސެކްޝަން، ޕްރޮކިއުމަންޓް ޑިވިޜަން، އެޕްރޫވަލް ޔުނިޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. ކުރިއަށް އޮންނަ އަހަރު ކުރިއަށްގެންދަން ބޭނުންވާ އިމާރާތްކުރުމާބެހޭ މަޝްރޫޢުތައް ރާވާ ޕްރޮޖެކްޝަން ތައްޔާރުކުރުމާއި، ސެކްޝަނުން ހިންގާ މަޝްރޫޢުތައް ތަންފީޒުކުރެވޭ މިންވަރު ބަލައި، ކޮންމެ ހަފްތާއަކު އެއްފަހަރު ސެކްޝަނުގެ ވެރިޔާއަށް އެންގުން.
2. އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްއާ ގުޅިގެން މިމިނިސްޓްރީން ސްކޫލްތަކުގައި ހިންގާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން އެ އޮފީހުގެ ކަމާބެހޭ މުވައްޒަފުންނާއެކު ސައިޓް ވިޒިޓްތަކުގައްޔާއި ޕްރޮގްރެސް މީޓިންގތަކުގައި ބައިވެރިވެ، މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުން.
3. ސްކޫލްތަކުގެ ޢިމާރާތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްކޫލުގެ ހާލަތު ދެނެގަނެވޭނެ ރިޕޯޓެއް ބޭނުންވެއްޖެ ހިނދެއްގައި އެ ސްކޫލަކަށް ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ރިޕޯޓް ތައްޔާރުކުރުމާއި، އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް، ވެރިއެއްގެ ލަފަޔާ އެއްގޮތަށް އެޅުން.
4. ސްކޫލުގެ ޢިމާރާތްތަކަށް ގެންނަންޖެހޭ ކުރިއެރުން ސިފަކުރެވޭގޮތަށް ސްޓޭންޑަރޑް ކުރެހުންތަކެއް ތައްޔާރުކޮށް، އެ ސްޓޭންޑަޑްތަކަށް ސްކޫލް ޢިމާރާތްތައް ފެތޭތޯ ޗެކްކުރުން.
5. އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް އިން ކޮންސެޕްޓް ޑިޒައިން އެޕްރޫވްކުރުމަށް ފޮނުވުމުން، މިނިސްޓްރީން އިޞްލާޙުކުރަން ބޭނުންވާކަމެއްވޭތޯ ބަލައި، އިޞްލާޙުކުރަން ބޭނުންވާ ކަމެއްވާނަމަ އެކަން ފާހަގަކޮށް، އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްއަށް ހުށަހެޅުން.
6. ސެކްޝަނުން ޓެންޑަރކުރުމަށް ބޭނުންވާ ޕްރޮޖެކްޓްތައް ޓެންޑަރކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކާއި ސްޕެސިފިކޭޝަންތައް ކަމާބެހޭ ބޭފުޅުންގެ ލަފަޔާ އެއްގޮތަށް ތައްޔާރުކޮށް، އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްއަށް ފޮނުވަން ކަނޑައަޅާ ޕްރޮޖެކްޓްތައް އެ އޮފީހަށް ފޮނުވުމާއި، މިނިސްޓްރީން ކުރިއަށްގެންދަން ކަނޑައަޅާ ޕްރޮޖެކްޓްތައް ޕްރޮކިޔުމެންޓް ޔުނިޓަށް ފޮނުވުމާއި ޓެންޑަރކުރުމަށް އިތުރަށް ބޭނުންވާ މަޢުލޫމާތު އެފަރާތްތަކަށް ދިނުމާއި، ލިޔެކިޔުންތައް ބެލެހެއްޓުން.
މަޤާމުގެ ޝަރުޠު:
1. ސިވިލް އިންޖިނިއަރ ނުވަތަ އާރކިޓެކްޗަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސިވިލް އިންޖިނިއަރ ނުވަތަ އާރކިޓެކްޗަރގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ސިވިލް އިންޖިނިއަރ ނުވަތަ އާރކިޓެކްޗަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސިވިލް އިންޖިނިއަރ ނުވަތަ އާރކިޓެކްޗަރގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3. ސިވިލް އިންޖިނިއަރ ނުވަތަ އާރކިޓެކްޗަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
4. ސިވިލް އިންޖިނިއަރ ނުވަތަ އާރކިޓެކްޗަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 7 ޖަނަވަރީ 2016 އާއި 31 ޖަނަވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 6 ވަނަ ދުވަހުގެ 13:30 އެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
13 ރަބީޢުލްއައްޥަލް 1437