އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
14 ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި ކުންފުންޏަށް 14 ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެއްޖެއެވެ.

ކޮމްޕިއުޓަރ ސިސްޓަމް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 28 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 12:30 ގައި އައިލެންޑް އޭވިއޭޝަން މައި އޮފީސް، މ.ރާވެރިޔާ، މަޖީދީ މަގު، ގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަގު ހުށަހެޅުން 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އޮފީހުގައި އޮންނާނެ ވާހަކަ އާންމުކޮށް އިޢުލާން ކުރީމެވެ.

އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. އަދި އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް އަގެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

10 ރަބީޢުލްއައްވަލް 1437

21 ޑިސެންބަރު 2015
ހޯދާ