ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރެއިނިންގ ހިންގުމަށް ހޯލަކާއެކު ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި އޮތޯރިޓީން 17 ޖަނަވަރީ 2016 ން 20 ޖަނަވަރީ 2016 އަށް (ޖުމްލަ 4 ދުވަހަށް) ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށްޓަކައި ޓްރެއިނިންގހޯލަކާއެކު ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 31 ޑިސެންބަރު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހޯލާބެހޭ މަޢުލޫމާތު

  • ތަމްރީނު ޕްރޮގްރާމް ހިންގަންހަމަޖެހިފައިވާ ދުވަސްތައް: 17 ޖަނަވަރީ 2016 އިން 20 ޖަނަވަރީ 2016 (4 ދުވަސް)
  • ވަގުތު: 8:00 އިން 16:00 އަށް (8 ގަޑިއިރަށް.) (4 ދުވަހު)
  • 2 މައިކު އަދި ސައުންޑް ސިސްޓަމާއެކު، ޕްރޮޖެކްޓަރ، ލެޕްޓޮޕް އަދި ސްކްރީން ހުންނަންވާނެއެވެ.
  • 30 މީހުންނަށް އެކޮމަޑޭޓްކުރެވޭވަރަށް މޭޒާއި ގޮނޑި ހުންނަންވާނެއެވެ.
  • ބައިވެރިންގެ އަދަދު: 30 މީހުން.

ކޭޓަރިންގ:

  • 4 ދުވަހުގެ ހެނދުނުގެ ސައި، 9 ގަޑީގެ ކޮފީ، މެންދުރުގެ ކެއުން އަދި ހަވީރުސައި 30 މީހުންނަށް ސަރވިސްއާއެކު.   

ޕްރޮޕޯޒަލް/އަންދާސީހިސާބުގައި ހިމަނަންވީ ބައިތައް:

  • 4 ދުވަހަށް ހޯލާއި ކޭޓަރިންގގެ ޚިދުމަތް ފޯރުކޮށްދެވޭނެ އަގު (މަތީގައިވާ ދުވަސްތަކަށް ހޯލް ކޮންފޮމޭޝަނާއެކު)
  • އަންދާސީހިސާބު ހުށަހަޅާ ކުންފުނީގެ ޕްރޮފައިލް (ރަޖިސްޓްރޭޝަން އަދި ޖީއެސްޓީ ސެޓުފިކެޓުގެ ކޮޕީއާއެކު) އަމިއްލަ ފަރާތެއްނަމަ އައި.ޑީކާޑުގެ ކޮޕީ
  • މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތައް

ނޯޓް: 31 ޑިސެންބަރު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީގެ ރިސެޕްޝަން (ހ.ފުލިދޫގެ، 2 ވަނަ ފަންގިފިލާ) ނުވަތަ [email protected] އީމެއިލަށް ފޮނުވައި، އަންދާސީހިސާބު ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

09 ރަބީޢުލްއައްވަލް 1437

20 ޑިސެންބަރު 2015
ހޯދާ