ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް (ގެރޭޑް 1)
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: -/3،380 ރުފިޔާ -/4،350 ރުފިޔާއާ ދެމެދުގެ އަދަދެއް، ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު ހަމަޖައްސައިދެވޭނެ.
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)
މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ސުޕަމާޓް
އެހެނިހެން ޢިނާޔަތްތައް:
- އިތުރު އެލަވަންސް: -/1،500 ރުފިޔާއާއި -/2،100 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- ޕްރޮބޭޝަނަށްފަހު ސްޓާފް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެއެވެ.
- އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުޞޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
- ހަރުތަކުގައި މުދާ އެތުރުމާއި ތަކެތި ލޭބަލްކުރުން.
- މުއްދަތު ހަމަވާ ތަކެތި ބެލުމަށްފަހު ސުޕަވައިޒަރަށް އެންގުން.
- ގުދަންތެރެ ސާފުކުރުމާއި ބެލެހެއްޓުން.
- ގުދަނަށް އަންނަ މުދަލާ ހަވާލުވުން.
ތަޢުލީމާއި ތަޖުރިބާ:
- ޖީ. ސީ. އީ. އޯލެވެލްގެ 2 މާއްދާއާއި، އެސް. އެސް. ސީ. އިމްތިޙާނުގެ ދިވެހިން ސީ ފާހަށްވުރެ މަތި ލިބިފައިވުން ނުވަތަ އެއަައްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
- މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އިސްކަންދެވޭނެ.
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 28 ވާ ދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު، އެސް. ޓީ. އޯ. ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
- ވެބްސައިޓުގެ އެޑްރެހަކީ، http://www.sto.mv/downloads އެވެ.
ނޯޓު:
- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓްފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑު އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.sto.mv
10 ރަބީޢުލްއައްޥަލް 1437