ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސީ އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ ފާމަސީއަށް ދެއަހަރުދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފެއް ބޭނުންވެއްޖެ

މަޤާމް: ފާމަސީ އެސިސްޓެންޓް  ގްރޭޑް 1  (2 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް)

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: -/3،380 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. އ.އ މަތިވެރި ފާމަސީ

މަޤާމުގެ މަސްއޫލިއްޔަތު:

* ކަސްޓަމަރުންނަށް ތަނުން ލިބެންހުންނަ ޚިދުމަތް ފޯރުކޮށްދިނުން.

* ބިލް ހެދުން

* މުއްދަތުހަމަވާ ބޭސްތައް ޗެކްކުރުންް.

* ރެކްތަކުގައި ބޭސް އެތުރުން.

* ކްރެޑިޓް ބިލް ޗެކްކުރުން.

* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން.

ތަޢުލީމީ ތަޖުރިބާ
* ޖީ. ސީ. އީ. އޯލެވެލް ފުރިހަމަކޮށްފައިވުން.

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: -/1،500 ރުފިޔާއާއި -/2،450 ރުފިޔާއާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތަށް ހަޖައްސައިދެވޭނެ.

* އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

* މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ ޢުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

ސުންގަޑި:

މި  މަޤާމަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  2015  ޑިސެންބަރު  27  ވާ  އާދީއްތަ  ދުވަހުގެ  12:30  ގެ  ކުރިން،  އެސް. ޓީ. އޯ. ގެ  ވަޒީފާއަށް  އެދޭ  ފޯމާއެކު،  ތިރީގައިވާ  އެޑްރެހަށް  އެޕްލިކޭޝަން  ހުށަހެޅުން  އެދެމެވެ.  އެޕްލިކޭޝަން  ފޯމު،  މި  ކުންފުނީގެ  ހެޑް  އޮފީހުގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ.  އަދި  އެސް. ޓީ. އޯ. ގެ http://www.sto.mv  ގެ  ވެބްސައިޓުން   މި  ފޯމު  ޑައުންލޯޑް  ކުރެވެން  ވެސް  ހުންނާނެއެވެ.

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
  • އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: /3344368/3344179 ފެކްސް: 3344041 އީމެއިލް އެޑްރެސް: [email protected]

9 ރަބީޢުލްއައްޥަލް 1437

20 ޑިސެންބަރު 2015
ހޯދާ