ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެއަރޕޯޓް އޮފީސް އިމާރާތް މަރާމާތުކުރުމާބެހޭ

މި ކުންފުނީގެ ފަރާތުން ހިންގާ ކައްދޫ އެއަރޕޯޓްގެ އޮފީސް އިމާރާތުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

1- އިމާރާތުގެ އެތެރެއާއި ބޭރުގައި ކުލަލުން.

2- އިމާރާތުގައި ހަރުކުރަންޖެހޭ ދޮރުތައް އަދި ދޮރުފަތްތައް ހަރުކޮށް ދަވާދުލުން.

3- އިމާރާތުގައި ހަރުކުރަންޖެހޭ ދިޔަދޮވި ހަރުކުރުން.

4- ފާރުގައި ވަޅުލަންޖެހޭ ފޮށިތައް ވަޅުލުން.

5- 2 ފާޚާނާ ނިންމުން، (ތައްޔާރުކޮށްފައިހުރި ސެޕްޓިކް ޓޭންކްތައް ބަހައްޓައި ފާޚާނާތައް ގުޅުން)

6- އޮފީހުގެ ވާރކްސްޓޭޝަންތައް ރޭވުން.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް މިކުންފުނީގެ ހެޑްއޮފީހަށް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ، ބަންޑާރަ ކޮށި) ނުވަތަ ކައްދޫ އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ޖަނަވަރީ 2016 ވާ ހޯމަދުވަހުގެ 11:00 އަށް މިކުންފުނީގެ ހެޑްއޮފީހަށް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ، ބަންޑާރަ ކޮށި) ނުވަތަ ކައްދޫ އެއަރޕޯޓް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ 6800704 އާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

10 ރަބީޢުލްއައްވަލް 1437

21 ޑިސެންބަރު 2015
ހޯދާ