މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަޕްލައި އަޅަން މަގުމަތި ކޮނުމާބެހޭ

ކެނދިކުޅުދޫ ކެނދިކޮޅުއަވަށުގައި ކައުންސިލުން ހިންގާ މަގުބައްތިތައް މަރާމާތު ކުރުމުގެ ޕްރޮޖެކްޓާ ގުޅިގެން މިއިދާރާއިން ކުރި ނަންބަރު IUL)286-ADM/228/2015/1001)ފ(15 ޑިސެންބަރު 2015) އިޢުލާނަށް އެކަށީގެންވާވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މިކަމާ ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަން އޮންނާނީ 27 ޑިސެންބަރު 2015 ވާ (އާދީއްތަ) ދުވަހުގެ 13:00ގައެވެ. ބިޑް ހުށަހެޅުން އޮންނާނީ 31 ޑިސެންބަރު 2015 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގައެވެ. ކެނދިކޮޅުއަވަށުގައި މަގުކޮނެ ސަޕްލައި ވަޅުލުމަށް 2 ސަރަޙައްދަކަށް ވަނީ ބަހާލެވިފައެވެ. އެއީ ސަރަހައްދު 1 އަދި ސަރަޙައްދު 2 އެވެ. ބިޑް ހުށަހަޅާނީ ދެސަަރަޙައްދަށް ވަކިންނެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

10 ރަބީޢުލްއައްވަލް 1437

21 ޑިސެންބަރު 2015
ހޯދާ