މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލް އަދި ތަޖުރިބާހުރި މި ކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލް، އުފެެއްދުންތެރި، ހީވާގި، ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް: މެނޭޖަރ، އެކައުންޓްސް އެންޑް ޕޭއަބަލް

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ފައިނޭންސް ސެކްޝަން

މަޤާމުގެ ޝަރުޠު:

- އެކައުންޓްސް، ފައިނޭންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ފަސްޓް ޑިގްރީ ސެޓްފިކެޓް ހާސިލުކޮށްފައިވުން.

- ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

-  އުމުރު: 25 އަހަރާއި 40 އަހަރާ ދެމެދުގެ ފަރާތަކަށްވުން.

ނޯޓް: ގުޅުން ހުރިދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މުސާރައާއި އިނާޔަތްތައް: މަހަކު -/21,000 އާއި -/22,000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  •  ސިސްޓަމް ޤަވާއިދުތަކާއި ޕޮލިސީތައް ހެދުމާއި، އެއާ އެއްގޮތަށް އަމަލުކުރުމާއި، އެކައުންޓްސް ޕޭއަބަލްގެ ފަންކްޝަންތައް ކޮމްޕެނީގެ ގަވާއިދުތަކާ އެއްގޮތަށް ހިންގުން.
  • ކޮންމެ މަހެއްގެ ފައިނޭންޝަަލް ރިކޯޑްސްއާއި ސްޓޭޓްމަންޓްތައް ޞައްޙަކަމާއެކު ކޮންމެ މަހަކު ނިންމުން.
  • ވަގުތުން ވަގުތައް ނިންމަންޖެހޭ ވެންޑަރ އިންވޮއިސްތަކާއި އެކްސްޕެންސް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޞައްޙަ ފައިނޭންޝަަލް ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ޓެކްސް ދެއްކުން.

މަޤާމް: މެނޭޖަރ، ޖެނަރަލް ސްޓޯރ

ބޭނުންވާ އަދަދު: 1 (އެކެއް) 

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ޕްރޮކިއުމަންޓް އެންޑް ސްޓޯސް

މަޤާމުގެ ޝަރުޠު:

- ގުޅުންހުރި ދާއިރާއަކުން ބެޗްލަރ ޑިގްރީ ހާސިލުކޮށްފައިވުން (ސަޕްލައި ޗެއިން/އިންވެންޓްރީ މެނޭޖްމަންޓް ދާއިރާގެ މި ފެންވަރުގެ ސެޓްފިކެޓެއް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.)

- މަދުވެގެން ގުޅުންހުރި ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-  އުމުރު: 25 އަހަރާއި 45 އަހަރާ ދެމެދުގެ ފަރާތަކަށްވުން.

- ގިނަވަގުތު މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.

-  ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

- ފަރިތަކަމާއެކު އިނގިރޭސިބަހާއި ދިވެހިބަހުން ލިޔެކިޔަން އެނގުމާއި، މުޢާމަލާތްކުރަން އެނގުން.

ނޯޓް: އިންވެންޓްރީ މެނޭޖްމަންޓް ދާއިރާގައި ބޭނުންކުރާ ސޮފްޓްވެއަރއަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މުސާރައާއި ޢިނާޔަތްތައް: މަހަކު -/21,000 ރުފިޔާއާއި -/22,000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  •  ސްޓޯރުގެ ހުރިހާ މަސައްކަތެއް ބެލެހެއްޓުމާއެކު، މުވައްޒަފުންނަށް މަސައްކަތްކުރަންވީ ރަނގަޅުގޮތުގެ އިރުޝާދުދިނުން.
  • ހުޅުލެއާއި ބޭރުން ސައިޓަށް ގެންނަޖެހޭ މުދާ ގެނައުން.
  • ޔުނިޓުގެ މަސައްކަތްކުރުމުގައި އުފެއްދުންތެރިކަމާއި ޤަބިލްކަމާއެކު ލަނޑުދަނޑިއަށް ވާސިލުވުމަށް މަސައްކަތްކުރުން.
  • ޔުނިޓުގެ މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ގަވާއިދުން ސެކްޝަން ހެޑަށް ރިޕޯޓްކުރުމާއެކު، މައްސަލަތައް ޙައްލުކުރުން.
  • PR ފޮލޯއަޕް ހެދުމާއި، މުދާ ސްޓޮކް މަދުވާ ޙާލަތެއްގައި އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ލިބޭ މުދަލުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ރިޕޯޓްކުރުން.
  • ރޭންޑަމްކޮށް ސްޓޮކް ގުނުމާއި، އަހަރަކު އެއްފަހަރު ހުރިހާ ސްޓޯރެއްގެ ސްޓޮކް ގުނުމާއި، ދިމާވާ މައްސަލަތައް ސެކްޝަން ހެޑަށް ރިޕޯޓްކުރުން.

މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް) 

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ޕްރޮޖެކްޓްސް އެންޑް ޕްލޭނިންގ ސެކްޝަން

މަޤާމުގެ ޝަރުޠު

- އޯލެވެލް އިނގިރޭސި ހިމަނައިގެން 2 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

- އެސް. އެސް. ސީ. އިމްތިޙާނުގައި ދިވެހިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

- އުމުރު: 20 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތަކަށްވުން.

- ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

ނޯޓް: އިދާރީ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރައާއި ޢިނާޔަތްތައް: މަހަކު -/10,000 ރުފިޔާއާއި -/11,000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ޑިޕާޓްމަންޓަށް ބޭނުންވާ ލިޔެކިޔުންތަކާއި ފޯމު ފަދަ ތަކެތި ތައްޔާރުކޮށް، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
  • ރަޖިސްޓަރ، ގެންގުޅޭ ފޮތްފަދަ ތަކެތި ތައްޔާރުކޮށް އަޕްޑޭޓްކުރުން.
  • ޑިޕާޓްމަންޓް ހެޑް އަންގާގޮތަށް ވޯކްއޯޑަރތައް ތައްޔާރުކުރުމާއި، އަހަރީ ރިޕޯޓް ތައްޔާރުކުމާއި، ބޭއްވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާ ނެގުން.
  • އެޗް.އޯ.ޑީ އެދިއްޖެ ހިނދެއްގައި ބައްދަލުވުންތައް އިންތިޒާމްކުރުން.

މަޤާމް: އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް) 

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ފައިނޭންސް ސެކްޝަން

މަޤާމުގެ ޝަރުޠު:

-  އޯލެވެލް އިނގިރޭސިއާއި އެކައުންޓްސްއާއެކު 2 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

- އުމުރު: 22 އަހަރާއި 40 އަހަރާ ދެމެދުގެ ފަރާތަކަށްވުން.

-  ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

ނޯޓް: މި ދާއިރާގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރައާއި ޢިނާޔަތްތައް: މަހަކު -/10,000 ރުފިޔާއާއި -/11,000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  •  TT ޓްރާންސްސެކްޝަން ސައްޙަތޯ ބެލުމަށްފަހު ރިކޯޑްކުރުން.
  • ކާގޯ ސޭލްސް އޮރަކަލް ސޮފްޓްވެއަރއަށް އެންޓަރކުރުން.
  • ކޭޝް އެކައުންޓްތައް ރީކޮންސައިލްކޮށް ބެލެހެއްޓުން.
  • ބެންކް ޓްރާސްފަރ ޑިޕޮސިޓް ސްލިޕްތައް އޮރަކަލްއަށް އެންޓަރކުރުން.
  • ޕޭމަންޓްތައް ޓްރާންސްފަރކުރުމާއި، ބޭންކް ޗާޖްތައް އެންޓަރކުރުން.
  • ކްރެޑިޓް ކާޑް ސޭލްސް އެންޓަރކުރުމާއި ރީކޮންސައިލްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސީވީއާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

- ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ. 

- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ.

- 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކި ސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 2015 ޑިސެންބަރު 27 ވަނަ ދުވަހުގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސްކުރާނީ:     

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު 3325511

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީއާއި ފޯމް ބަލައެއް ނުގަނެވޭނެއެވެ.

6 ރަބީޢުލްއައްޥަލް 1437

17 ޑިސެންބަރު 2015
ހޯދާ