މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭތިއްބުމަށް ތަނެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާނު

މުވައްޒަފުން ބޭތިއްބުމަށް ތަނެއް ކުއްޔަށް ހިފުމާބެހޭ

މި ކުންފުނީގެ 30 މުވައްޒަފުން ބޭތިއްބުމަށް އިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު 116-A12/IL/2015/79 (03 ޑިސެންބަރު 2015) އިޢުލާނާއި ނަންބަރު 116-A12/IL/2015/82 (09 ޑިސެންބަރު 2015) އިޢުލާނާ ގުޅިގެންވެސް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މި ކުންފުނީގެ 30 މުވައްޒަފުން ބޭތިއްބުމަށްޓަކައި ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. އެހެންކަމާއެކު 2 ރޫމުގެ 4 އެޕާޓްމަންޓް، ނުވަތަ 3 ރޫމްގެ 3 އެޕާޓްމަންޓް، އެއް އިމާރާތަކުން ކުއްޔަށް ދޫކުރެވެން ނެތްނަމަ، ތަފާތު އިމާރާތްތަކުން މިފަދަ ތަންތަން ކުއްޔަށް ދިނުމަށް ބޭނުންވިއަސް މި ކުންފުނިން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. އަދި 2 ރޫމުގެ އެޕާޓްމަންޓާއި 3 ރޫމުގެ އެޕާޓްމަންޓް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ކޮންމެ ފަރާތަކުންވެސް މަޢުލޫމާތު ސާފުކުރުމަށްފަހު އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

5 ރަބީޢުލްއައްވަލް 1437

16 ޑިސެންބަރު 2015
ހޯދާ