ހުވަދޫ ސްކޫލް، ގދ.ފަ ރެސްމާތޮޑާ
ދިވެހިރާއްޖެ
2016 ވަނަ އަހަރު ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

2016 ވަނަ އަހަރު ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ

މި ސްކޫލުގެ ނަންބަރު: GS208-C/2015/16 އިޢުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކުގެ އަންދާސީހިސާބު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

2015 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 28 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ބޭއްވޭ ބައްދަލުވުމުގައި ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ގޮތަށް ސިޓީއެއް ފޮނުއްވަންވާނެއެވެ.

16 ޑިސެންބަރު 2015
ހޯދާ