މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ރޯ މެޓީރިއަލް ސަޕްލައިކުރުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ރޯ މެޓީރިއަލް ސަޕްލައިކުރުން

މި ކޯޕަރޭޝަންގެ އެކިއެކި ޕްރޮޖެކްޓުތަކުގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ ރޯ މެޓީރިއަލް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނެންވެއެވެ.

  • ޑަސްޓް
  • އެގްރިގޭޓް
  • ބިޓުމެން
  • ސީ.އާރު.އެސް 1 (CRS1)
  • އެމް.ސީ 30 (MC30)

ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 27 ޑިސެންބަރު 2015 އިން 30 ޑިސެންބަރު 2015 އަށް އޮފީސް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އާއި 14:00އާ ދެމެދު ގަންނަން ބޭނުންވާ ފަރާތުގެ ލިޔުމަކާއެކު -/1,500 ރުފިޔާއަށެވެ. އަދި މި ފައިސާއަކީ ރީފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ. އަދި ބީލަންފޮތާބެހޭ މަޢުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓް www.mrdc.com.mv އިން ފެނިވަޑައިގަންނަވާނެއެވެ. 

ޕްރީ-ބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 4 ޖަނަވަރީ 2016 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި ބީލަންފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީ-ބިޑް މީޓިންގގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވަޑައިގަތުމަކީ އެދެވިގެންވާ ކަމެކެވެ.

ބިޑް ހުށަހަޅުއްވާނީ 11 ޖަނަވަރީ 2016 ގެ 13:00 އަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިވާ އެޑްރެހަށެވެ.

ބީލަން ހުށަހަޅުއްވާނީ ޓެކްނިކަލް އޮފަރ އަދި ކޮމާޝަލް އޮފަރ ވަކިން ދެ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ކޮންމެ ސިޓީއުރައެއްގައި އޮރިޖިނަލަކާއި ކޮޕީއެއް ހިމަނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ރޯ މެޓީރިއަލް ސަޕްލައިކުރުން: 11 ޖަނަވަރީ 2016 ގެ 13:00 ގެ ކުރިން ނުހުޅުވުން އެދެން" މިހެން ލިޔެފައި ފޮނުއްވާނީ ތިރީގައި މިވާ އެޑްރެހަށެވެ.

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް# 385، މާފަތްތަކުރުފާނުމަގު

މައްޗަންގޮޅި، ޕޯސްޓަލް ކޯޑް: 20386،

މާލެ، ދިވެހިރާއްޖެ

ބީލަން ހުށަހަޅާ ފަރާތުގެ ޓެކްނިކަލް އޮފަރ ހުޅުވާނީ 11 ޖަނަވަރީ 2016 ގެ 13:00 ގައި މި ކޯޕަރޭޝަންގެ މައި އިދާރާގެ ކޮންފަރެންސް މާލަމުގައެވެ. ބީލަންފޮތް ގަނެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ބައިވެރިއެއް ނުވެވޭނެއެވެ.

ޓެކްނިކަލް އިވެލުއޭޝަނަށްފަހު ރިޕޯޓު ތައްޔާރުވުމުން، ކޮލިފައިވެފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ހުޅުވާނެ ތާރީޚާއި ގަޑި އަދި ތަނެއްގެ މަޢުލޫމާތު އެންގޭނެއެވެ. އަދި ޑިސްކޮލިފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ނުހުޅުވައި ރައްދުކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީން ކޮމާޝަލް އޮފަރތައް އިވެލުއޭޓް ކުރުމަށްފަހު ބީލަން ކާމިޔާބުކުރައްވާ ފަރާތަކާ މަސައްކަތް ހަވާލުކުރާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައި މިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

ފޯން:      3320657 960 + ނުވަތަ  9911606 960+

ފެކްސް:     3317133 960 +

އީ-މެއިލް:    [email protected]  

ވެބް ސައިޓް:  www.mrdc.com.mv     

06 ރަބީޢުލްއައްވަލް 1437

17 ޑިސެންބަރު 2015
ހޯދާ