މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ސަޕޯޓް ސަރވިސް އެސިސްޓެންޓް (ލޯންޗް ފަޅުވެރި)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ސަޕޯޓް ސަރވިސް އެސިސްޓެންޓް (ލޯންޗް ފަޅުވެރި)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/3،100 ރުފިޔާ

ސަރވިސް އެލަވަންސްގެގޮތުގައި މަހަކު: -/1,000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ނޮން-ޕްރެކްޓިސް އެލަވަންސްގެގޮތުގައި މުސާރައިގެ %35

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

 

މަޤާމުގެ ޝަރުޠު:

- އަސާސީ ތަޢުލީމް ފުރިހަމަކޮށްފައިވުން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބޭނުންވާ ހުނަރެއް ލިބިފައިވާ މީހެއްކަމުގައިވުން.

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާ ތަކެތި  ބޭނުންކުރުން،  ނުވަތަ  މަސްތުވާތަކެތީގެ  ވިޔަފާރިކުރުން،  އަދި  ޚިޔާނާތްފަދަ  ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

- ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

- މީލާދީގޮތުން 18 އަހަރު ފުރިފައިވުން.

- ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކުކަމުގައި ނުވުން.

މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

ބ. އޭދަފުށި ޕޮލިސް ސްޓޭޝަން

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:

ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސަނަދުތަކުގެ ނުވަތަ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސްދުވަސް ވެފައިނުވާ، އެމީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯ.

- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރެކޯރޑް ބަލާ ފޯމު.

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

 

ސުންގަޑި:

މި  މަޤާމަށް އެ ދި  ހުށަހަޅާ  ފަރާތްތަކުން،  މޯލްޑިވްސް  ޕޮލިސް  ސަރވިސްއިން  ދޫކުރާ  ވަޒީފާއަށް  އެދި ހުށަހަޅާ ފޯމާއި، ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ޑިސެންބަރު 31 ވަނަ ދުވަހުގެ 16:00 ގެ ކުރިން، ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުގެ ރިޝެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.   

އިންޓަވިއު:

އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

 

ނޯޓް:

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ލިބެން ހުންނާނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ www.police.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. 

6 ރަބީޢުލްއައްޥަލް 1437

17 ޑިސެންބަރު 2015
ހޯދާ