ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އާ ޢިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިކޯޓުގެ އާޢިމާރާތުގެ ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

1- ޢިމާރާތުގެ ކުރިމަތިން ވަށާފާރުގައި ގޭޓެއް ހަރުކުރުން.

2- ގޭޓާއި ޢިމާރާތާ ދެމެދު އޮންނަ ވޯކްވޭގައި ގައު އެތުރުން.

3- މިހާރު ގޭޓްގެ ގޮތުގައި ބޭނުންކުރުމަށް ހުޅަނގުފަރާތުން ކަނޑާފައިވާ ތަން ރާނައި ސިމެންތި ޖެހުން.

4- ވަށާފާރުގައި ކުލަލުން.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް މިކޯޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 27 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިކޯޓަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

05 ރަބީޢުލްއައްވަލް 1437

16 ޑިސެންބަރު 2015
ހޯދާ