ދިވެހިރާއްޖެ
އެސްޓީއޯ ތިނަދޫފިހާރައިން ވިއްކާ ކާޑުގެ ބާވަތްތައް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
އެސްޓީއޯ ތިނަދޫ ފިހާރައިން ވިއްކާ ކާޑުގެ ބާވަތްތައް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތް ގދ. ތިނަދޫ އެސް.ޓީ.އޯ ފިހާރައިން ވިއްކާ ކާޑު ( ހަނޑޫ ، ހަކުރު އަދި ފުށް ) އަމިއްލަ ވެހިކަލާއި މީހުން ބޭނުންކޮށްގެން ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތް
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 ޑިސެންބަރު 28 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެސްޓީއޯ ތިނަދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 ޑިސެންބަރު 29 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ އެންމެހައި ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2015 ޑިސެންބަރު 30 ވަނަ ދުވަހުގެ 15:30 ގައި އެސްޓީއޯ ތިނަދޫ ފިހާރައިގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ޖަނަވަރީ 04 ވަނަ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށްް 2016 ޖަނަވަރީ 07 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ޖަނަވަރީ 12 ވަނަ ދުވަހުގެ 14:30 ގައި އެސްޓީއޯ ތިނަދޫ ފިހާރައިގައެވެ.
މަޢުުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯން: 224 3012 ، 3344180
ފެކްސް: 3344633
އީމެއިލް: [email protected]