ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާކެޓް ޑިވެލޮޕްމަންޓް އެކްސްޕަރޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

މަޤާމު: މާކެޓް ޑިވެލޮޕްމަންޓް އެކްސްޕަރޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މުއްދަތު: 1 އަހަރުދުވަސް (ކޮންޓްރެކްޓް އުސޫލުން)

މަޤާމުގެ ޝަރުޠު:

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ ޔުނިވަރސިޓީއަކުން އިކޮނޮމިކްސްް / އެކައުންޓިންގ /ފައިނޭންސް ނުވަތަ ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ފައިނޭންސް، ބިޒިނަސް ނުވަތަ އެކައުންޓިންގގެ ދާއިރާއިން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަސައްކަތްކުރަންޖެހޭ ގަޑި: 

ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް (ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ)

އުޖޫރަ: -/23,250 ރުފިޔާ (ތޭވީސްހާސް ދުއިސައްތަ ފަންސާސް ރުފިޔާ)

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް ލިއުމުން ހުށަހެޅުން އެދެމެވެ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

- ކަރިކިއުލަމް ވިޓާ (ސީވީ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

 ނޯޓް:

- މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، އިންޓަވިއުއާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން އެންމެ މަތިން ޕޮއިންޓްލިބޭ ފަރާތަކަށެވެ.

މާކެޓް ޑިވެލޮޮޕްމަންޓް އެކްސްޕަރޓްގެ TOR އޮތޯރިޓީގެ ވެބްސައިޓުގެ http://cmda.gov.mv/docs/TOR_Market_Development_Expert.pdf  މި ލިންކުން ލިބެން ހުންނާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތިރީގައިވާ އެޑްރެހަށް ލިއުމުން ހުށަހެޅުން އެދެމެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް: 3336624

އީމެއިލް: [email protected]

3 ރަބީޢުލްއައްޥަލް 1437

14 ޑިސެންބަރު 2015
ހޯދާ