ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕްރީސްކޫލް ޓީޗަރ 

ބޭނުންވާ އަދަދު: 1 (އެކެއް)               

ވަޒީފާ އޮތް އޮފީސް: ބިލެއްދޫ ސްކޫލް

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރުދުވަސް)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްޟަން، ބިލެއްދޫ ސްކޫލް                     

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އެލް. ކޭ. ޖީ. އާއި، ، ޔޫ. ކޭ. ޖީ. ގެ ކްލާސްތަކުގެ ދަރިވަރުންނަށް، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

- ސްކޫލުން ރާވާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠު:

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

ޕްރީ ސްކޫލް އެސިސްޓެންޓް ޓީޗަރ

GS1

ޕްރީ ސްކޫލް

ޓީޗަރ 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން

ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2

މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު،

ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި

'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

3565/-

1500/-

ޕްރީ ސްކޫލް ޓީޗަރ

GS2

ޕްރީ ސްކޫލް

ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ސެޓިފިކެޓް 2

ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން.

4000/-

1500/-

ޕްރީ ސްކޫލް ޓީޗަރ

GS3

ޕްރީ ސްކޫލް

ޓީޗަރ 3

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓިފިކެޓް 3 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން.

4465/-

1500

ޕްރީ ސްކޫލް ޓީޗަރ

GS4

ޕްރީ ސްކޫލް

ޓީޗަރ 4

- ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ

ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓިފިކެޓް 4

ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދިނުމުގެ ރޮނގުން ސެޓިފިކެޓް ލެވެލް 4 ގެ

ސަނަދެއް ހާސިލުކޮށްފައިވުން.

5020/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS1

ޕްރީ ސްކޫލް

ޓީޗަރ 5

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީވިންގ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން

5610/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS2

ޕްރީ ސްކޫލް

ޓީޗަރ 6

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ

ހާސިލުކޮށްފައިވުން

6295/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS3

ޕްރީ ސްކޫލް

ޓީޗަރ 7

ޕްރީ ސްކޫލް ޓީޗިންގގެ ދާއިރާއިން ބެޗްލަރސް

ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން

އެޑްވާންސްޑް ސެޓިފިކެޓެއް ނުވަތަ ޑިޕްލޮމާ

ހާސިލުކޮށްފައިވުން. ނުވަތަ؛

ޕްރީ ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު ހަމަވެ،

އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު، އުޅެ

ތަޖުރިބާ ލިބިފައިވުން

7035/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS4

ޕްރީ ސްކޫލް

ޓީޗަރ 8

 ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގ ދާއިރާއިން މާސްޓަރސް ޑިގްރީއެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު ހަމަވެ،

އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ،

ތަޖުރިބާ ލިބިފައިވުން

7875/-

2500/-

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ލިބިފައިވާ މިންވަރު (ފާއިތުވި އަހަރުތަކުގައި، ޕްރީސްކޫލް ޓީޗަރެއްގެގޮތުގައި އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއު ކުރުން:

ހ. އިންޓަވިއު އޮންނަ ތަނާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާއޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޓިޑްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

4- ތަޖުރިބާއެއް ލިބިފައިވާނަމަ، އެކަން ސާބިތުކުރުމަށް އެތަނަކުން ނުވަތަ އެ އޮފީހަކުން ދީފައިވާ ލިޔުން (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

6- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީވީ ( ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 ޑިސެންބަރު 27 ވާ އާދީއްތަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންް، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މަތީގައިވާ ލިއުންތަކާއެކު ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި، ޝަރުޠުހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީ ގަޑީގައި، 7952913 ނަންބަރު ފޯނާއެވެ.

 4 ރަބީޢުލްއައްޥަލް 1437

15 ޑިސެންބަރު 2015
ހޯދާ