މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
2 މިނީވޭން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

އެމް.ޑަބްލިޔު.އެސް.ސީ. ގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް 02 މިނީވޭން ގެނެސްދޭނެ ފަރާތެއް ހޯދުން

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ. ގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް 2 މިނީވޭން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަގު ހުށަހެޅުއްވުމުގެ ދަޢުވަތު އަރުވަމެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 20 ޑިސެންބަރު 2015 ދުވަހުގެ 03:00 އަށް ފެންބިލްޑިންގގެ 05 ވަނަ ފަންގިފިލައަށް ވަޑައިގެންދެއްވުން އެދެމެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަގު ހުށަހެޅުއްވުން އޮންނާނީ 28 ޑިސެންބަރު 2015 ދުވަހުގެ 03:00 ގައި ފެންބިލްޑިންގގެ 05 ވަނަ ފަންގިފިލާގައެވެ. އަދި އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

17 ޑިސެންބަރު 2015
ހޯދާ