މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
އޮފީސް ބްލޮކް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން

މަރަދޫފޭދޫ ސްކޫލުގެ އޮފީސް ބްލޮކް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.     

މި ސްކޫލުގެ އޮފީސް ޢިމާރާތުގައި ފެންބޮޑުވާތީ، ފެންބޮޑުވާ ޢިމާރާތް ހަލާކުވެފައިވާތީ، އެޢިމާރާތް ހުރި ތަނުގައި އައުއޮފީސް ޢިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

* މަޢުލޫމާތު ދިނުން: 20 ޑިސެންބަރު 2015 (އާދީއްތަ) ، ގަޑި މެންދުރުފަހުގެ 1:00ގައި

* އަންދާސީހިސާބު ހުށަހެޅުން: 24 ޑިސެންބަރު 2015 (ބުރާސްފަތި) ، ގަޑި މެންދުރުފަހުގެ 1:00 އަށް

މަޢުލޫމާތު ސާފުކުރުން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

13 ޑިސެންބަރު 2015
ހޯދާ