ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކުރުން

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކަށް، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ. ކްލަބް، ޖަމްޢިއްޔާ އަދި ކުންފުނި ފަދަ ތަންތަނުން މަޢުލޫމާތު ސާފުކުރުމަށް ދުރުވާއިރު، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހެޅުއްވުން އެދެމެވެ. އަދި އަމިއްލަ ފަރާތްތަކުންވެސް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކުރާ ސިޓީއަކާއި މަޢުލޫމާތު ސާފުކުރާ ފަރާތުގެ އައި.ޑީ.ކާޑު ކޮޕީ ސިޓީއާއެކު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ދުރުވާ ފަރާތްތަކުން އައި.ޑީ.ކާޑުގެ ހިއްޕަވައިގެން ދުރުވެދެއްވުން އެދެމެވެ.

03 ރަބީޢުލްއައްވަލް 1437

14 ޑިސެންބަރު 2015
ހޯދާ