ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ލައިބްރޭރިއަން

ބޭނުންވާ އަދަދު: 1 (އެކެއް)        

ކްލެފިކޭޝަނާއި، ރޭންކް: އެމް. އެސް. 1 (ސީނިއަރ އޮފިސަރ ގްރޭޑް 1)

މުސާރަ: -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: ތާޖުއްދީން ސްކޫލް

ފެންވަރު ނުވަތަ ޝަރުޠު:

1- ލައިބްރެރީއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ލައިބްރެރީއާ  ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- ލައިބްރެރީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް  4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން:                

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެންނާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނާއި، ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ކުރަންޖެހޭ މަސައްކަތް:    

ސްކޫލުގެ ލައިބްރަރީ ބޭނުންކުރާ މުއައްޒަފުންނަށް ލައިބްރެރީ ބޭނުންކުރުމުގައި އެހީތެރިވުން، ލައިބްރަރީގައި ބޭނުންކުރާ ފޮތްތަކާ ޓީޗިންގ އެއިޑްފަދަ ތަކެތި ތަރުތީބުކޮށް ބެލެހެއްޓުމާއި، މި ތަކެތީގެ ރެކޯޑް ބެލެހެއްޓުމާއި، ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. 

ހުށަހަޅަންޖެހޭ ތަކެތި: 

  • ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމް (ވަޒީފާއަށް އެދޭ ފޯމު،  މި  ސްކޫލުގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ. އަދި  މި  ސްކޫލުގެ  thaajuddeenschool.edu.mv  ގެ  ވެބްސައިޓުން  މި  ފޯމު  ޑައުންލޯޑް  ވެސް  ކުރެވޭނެއެވެ.)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިއުމުގެ ކޮޕީ) 
  • މަސއްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ސާފު ކޮޕީއެއް.
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު:

މި  އިޢުލާނާ  ގުޅިގެން  މި  މަޤާމަށް  ކުރިމަތިލާ  ފަރާތްތަކުގެ  ތެރެއިން  ޝަރުޠު  ހަމަވާ  ފަރާތްތަކަށް  އިންޓަވިއު/ޕްރެކްޓިކަލް  އޮންނާނީ،  އިޢުލާނަށް  މުއްދަތު  ހަމަވާތާ  7  ދުވަހުގެ  ތެރޭގައި  ތާޖުއްދީން  ސްކޫލުގައެވެ.  އެފަރާތްތަކަށް،  ތާރީޚާއި  ގަޑި  އެންގޭނެއެވެ.

ސުންގަޑި:       

މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 ޑިސެންބަރު 21 ވަނަ ދުވަހުގެ މެންދުރުފަހު 2.30 ގެ ކުރިން، މި ސްކޫލުގެ އޮފީހަށް، ވަޒީފާއަށް އެދޭ ފޯމު، މަތީގައި ބަޔާންވެގެންވާ ލިއުންތަކާއެކު ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް ހުށަހަޅާނީ، ތާޖުއްދީން ސްކޫލުގެ ކައުންޓަރަށެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް 3317318 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

2 ރަބީޢުލްއައްޥަލް 1437

13 ޑިސެންބަރު 2015
ހޯދާ