ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސްޕޯޓްސް ސުޕަވައިޒަރ

ބޭނުންވާ އަދަދު: 1 (އެކެެއް)  

ކްލެފިކޭޝަނާއި، ރޭންކް: ޖީ. އެސް. 3 / އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: -/4،465 ރުފިޔާ            

ސަރވިސް އެލަވަންސް: -/1،500 ރުފިޔާ   

އިތުރުގަޑިގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު: 

1- ކުޅިވަރުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކުޅިވަރުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'ޑީ'  ގްރޭޑް  ލިބިފައިވުމާއެކު،  އޭގެ  އިތުރުން،  ސެކަންޑަރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙީނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން: 

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެންނާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނާއި، ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ކުރަންޖެހޭ މަސައްކަތް:   

- ސްކޫލުގެ ދަރިވަރުންނަށް ހިންގޭ އެކިއެކި ކުޅިވަރު މުބާރާތްތައް އިންތިޒާމްކޮށް ހިންގުން.

- ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ ފަރިތަކުރުންތައް އިންތިޒާމްކޮށް، ދަރިވަރުން މުބާރާތަށް ތައްޔާރުކުރުން.

- ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.  

ހުށަހަޅަންޖެހޭ ތަކެތި:

- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމް (ވަޒީފާއަށް  އެދޭ  ފޯމު،  މި  ސްކޫލުގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ. އަދި  މި  ސްކޫލުގެ  thaajuddeenschool.edu.mv  ގެ  ވެބްސައިޓުން  މި  ފޯމު  ޑައުންލޯޑް  ވެސް  ކުރެވޭނެއެވެ.)

- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިއުމުގެ ކޮޕީ)

- މަސއްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތައް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ސާފު ކޮޕީއެއް.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާ އަދާކުރަންޖެހޭ ތަން: ތާޖުއްދީން ސްކޫލް

ވަޒީފާއަށް މީހުންހޮވުމަށް ކުރެވޭ އިންޓަވިއު:

މި އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަވިއު/ޕްރެކްޓިކަލް އޮންނާނީ، އިޢުލާނަށް މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ތާޖުއްދީން ސްކޫލުގައެވެ. އެފަރާތްތަކަށް ތާރީޚާއި ގަޑި އެންގޭނެއެވެ.

ސުންގަޑި:       

މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 ޑިސެންބަރު 21 ދުވަހުގެ މެންދުރުފަހު 2.30 ގެ ކުރިން، މި ސްކޫލުގެ އޮފީހަށް، ވަޒީފާއަށް އެދޭ ފޯމު، މަތީގައި ބަޔާންވެގެންވާ ލިއުންތަކާއެކު ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް ހުށަހަޅާނީ، ތާޖުއްދީން ސްކޫލުގެ ކައުންޓަރަށެވެ.

އިތުރު މަޢުލޫމާތު:

އިތުރު މައުލޫމާތު ސާފުކުރުމަށް 3317318 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

2 ރަބީޢުލްއައްޥަލް 1437

13 ޑިސެންބަރު 2015
ހޯދާ