ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް ޢިމާރާތްތައް މަރާމާތު ކުރަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ނަންބަރު IUL)GS56/2015/38) އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުގެ ބައެއް ޢިމާރާތްތަކުގައި ތިރީގައި މިދަންނަވާ މަރާމާތްތައް ކުރަން ބޭނުންވެއެވެ.

  • ޕްރިންޓިންގރޫމް، ހެލްތުރޫމް، ނަމާދުގެ އަދި ހުޅަނގުފާޚާނާބަރި ހުންނަ ޢިމާރާތް އަސްކަނި ސިމެންތިފިލާއިން ސީލިންގކޮށް ލަކުޑި ދަށުފަތި އެޅުން

މިންތައް:

އިރުމަތިފަރާތުގެ އަސްކަނި ފުޅާމިން 38 އިންޗި

ހުޅަނގުފަރާތުގެ އަސްކަނި ފުޅާމިން 39 އިންޗި

ދެފަރާތުގެ އަސްކަނި ދިގުމިން 62 ފޫޓު

02 ކުކުޅުވަހި ދިގުމިން 64 ފޫޓު، ފުޅާމިން 16 އިންޗި

  • 06 ކްލާސްރޫމް ޢިމާރާތުގެ ދޮރާއި ދޮރުފަތްތައް އަދި ކަތިފިލާގައި ދަވާދުލުން، އަދި މި ޢިމާރާތުގެ އުތުރާއި ދެކުނުފާރު ބޭރުގައި ކުލަލުން

މިންތައް:

ދިގު: 128 ފޫޓު

އުސް: 9.6 ފޫޓު (ދެކުނު)

އުސް: 10 ފޫޓު (އުތުރު)

ދޮރުތައް:

18 ކުޑަދޮރު 05 ކަނި 88 އިންޗި/ 76 އިންޗި

06 ކުޑަދޮރު 03 ކަނި 45 އިންޗި/ 76 އިންޗި

06 ބޮޑުދޮރު 100 އިންޗި/ 38 އިންޗި

1. އަންދާސީހިސާބު ހައްދަވާއިރު އެކި ބައިތަކަށް ވަކިވަކީން ހެއްދެވުން އެދެމެވެ.

2. މަސައްކަތަށް ބޭނުންކުރަންވާނީ ފެންވަރު ރަނގަޅު ސާމާނެވެ. ކުލަ އަދި ދަވާދުގެ ގޮތުގައި ބޭނުންކުރާނީ، ނިޕޮން ބްރޭންޑް ނުވަތަ މިފެންވަރުގެ މޮޅު ކުލައާއި ދަވާދެވެ. ކުލަލާނީ ފާރުގައި ސްކަރަބް ރަނގަޅަށް އަޅައި ސާފުކުރުމަށްފަހު 01 ކޯޓު ހުދުކުލައެވެ. ކުލަލާއިރު ރަނގަޅަށް ކުލަ އެއްވަރުކުރަންވާނެއެވެ. އަދި ދަވާދުލާންވާނީ ހިލަކަރުދާސް އަޅައި ސާފުކުރުމަށްފަހު، ސްކޫލުން ދައްކާ ފެހިކުލައިގެ ދަވާދު ކޯޓެކެވެ.

3. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  ހ. އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.

  ށ. އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލް އޮފީހަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާ ފޯމު ރަސްމީގަޑީގައި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. ހުށަހަޅުއްވާ އަންދާސީހިސާބުތަކަށް މާކްސް ދެވޭނީ، ހުށަހަޅުއްވާ އަގަށް %60 އަދި މުއްދަތަށް %30 އެވެ. ތަޖުރިބާއަށް % 10 އެވެ.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީހިސާބު ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 08:00 ން މެންދުރުފަހުގެ 15:00 އަށް 6600136 ނަންބަރު ފޯނާއެވެ.

15 ޑިސެންބަރު 2015
ހޯދާ