ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް: ސެކިއުރިޓީ އޮފިސަރ (ގްރޭޑް 1)

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: -/3،930 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރުދުވަސް)

މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ގެ ސުޕަރ މާޓް

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1،500 ރުފިޔާއާއި -/1،900 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ޕްރޮބޭޝަނަށްފަހު، ސްޓާފް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެއެވެ.
  • އިތުރުގަޑީގައްޔާއި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ސުޕަރ މާޓުގެ ސެކިއުރިޓީ ބެލެހެއްޓުން.
  • ބެގޭޖް ލޮކަރަށް ތަކެތި ލުމުގައި ކަސްޓަމަރުންނަށް އެހީތެރިވުން.

ތަޢުލީމާއި ތަޖުރިބާ:

  • ގްރޭޑު 7 ގެ ފެންވަރު ހުރުން ނުވަތަ ދިވެހިބަހާއި އިނގިރޭސިބަސް ލިޔަން ކިޔަން އެނގުން.
  • އުމުރުން 45 އަހަރު ފުރިފައި ނުވުން.

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 20 ވާ އާާދީއްތަ ދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

- ވެބްސައިޓުގެ އެރެހަކީ، http://www.stomaldives.com/downloads އެވެ.

ނޯޓް:

  • މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަވިއުއަށް ކިޔާނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ފެކްސް: 3344041 ވެބްސައިޓް: www.stomaldives.com

2 ރަބީޢުލްއައްޥަލް 1437

13 ޑިސެންބަރު 2015
ހޯދާ