ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް: ލޭބަރަރ (ގްރޭޑް 1)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: 3240.00 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރުދުވަސް)

މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ގެ ހެޑް އޮފީސް

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: 1350.00 ރުފިޔާއާއި 2400.00 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

*  ޕްރޮބޭޝަން ހަމަވުމުން، ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރިކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

* ޑިޕާޓްމަންޓްތަކަށާއި އައުޓްލެޓްތަގެ ބޭނުމަށް ނަގާ މުދާ އެތަންތަނަށް ފޯރުކޮށްދިނުން.

* ބޭނުންވާ މުދަލުގެ އަގު ހޯދުން

* ޑިޕާޓްމަންޓުގެ އެހެނިހެން މަސައްކަތުގައި އެހީތެރިވުން.

ތަޢުލީމާއި ތަޖްރިބާ:

* ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސިބަހާއި ދިވެހިބަހުން ހުންނަ ލިޔުންތައް ލިޔަން ކިޔަން އެނގުން.

* މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 22 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، އެސް. ޓީ. އޯ. ގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ވެބްސައިޓް އެޑްރެހަކީ، http://www.stomaldives.com/downloads  އެވެ.

ނޯޓް:

- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައިި، އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.

- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

އެސްޓީއޯ ހެޑް އޮފީސް، ބޮޑުތަކުރުފާނު މަގު، މާފަންނު،

ފޯން: 33344333، 3344273

3 ރަބީޢުލްއައްޥަލް 1437

14 ޑިސެންބަރު 2015
ހޯދާ