ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް
މި އޮފީހުގެ ބ.އަތޮޅު ގޮފި ހިނގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހުގެ ބ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު، މިއޮފީހުގެ ބ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.
މިއޮފީހުގެ ބ. އަތޮޅު ގޮފި ހިނގަމުންދަނީ ބ. އޭދަފުށީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ މަލްޓިޕާރޕަސް ޢިމާރާތުގެ ތެރޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3000655 ފޯނާއި، ނުވަތަ ބ. އަތޮޅު ގޮފީގެ ނަންބަރު: 6608501 ފޯނާ ގުޅުއްވުން އެދެމެވެ.
6 ރަބީޢުލްއައްވަލް 1437
17 ޑިސެންބަރު 2015
ހޯދާ