ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

މި ސްކޫލުން ކުރި އިޢުލާން IUL)GS-203/2015/20)ފ(30 ނޮވެންބަރު 2015) ކުރި އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބަދަލުގެނެސްފައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވިޔަފާރި އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ،

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 21 ޑިސެންބަރު 2015 ވާ ހޯމަދުވަހުގެ 13:00 އަށް ހޯނޑެއްދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

17 ޑިސެންބަރު 2015
ހޯދާ