މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަންދޫ ކައުންސިލްގެ އިދާރާގެ އައު އޮފީސް ޢިމާރާތުގެ މަޝްރޫޢު

މިލަންދޫގެ ކައުންސިލްގެ އިދާރާގެ އައު އޮފީސް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން "ފުރާޅާއި ސީލިންގ މަރާމާތުކުރުން" އަދި "ކަރަންޓް ވައިރިންގގެ މަރާމާތު" މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

21 ޑިސެންބަރު 2015

ހޯމަ

މެންދުރުފަހުގެ 01:15

ބިޑް ހުށަހެޅުން

27 ޑިސެންބަރު 2015

އާދީއްތަ

މެންދުރުފަހުގެ 01:15

މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

6 ރަބީޢުލްއައްވަލް 1437

17 ޑިސެންބަރު 2015
ހޯދާ