ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮފީހުގެ 81/ 1/2015/IUL)196-C) ނަންބަރުގެ އިޢުލާނާ ގުޅިގެން މަޤާމަށް އެދި ސިޓީ ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމުގައިވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް އަލުން އިޢުލާންކުރީމެވެ.

މަގާމް: ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/15,150 ރުފިޔާ

ލިވިންގ އެލަވަންސް: -/3،000 ރުފިޔާ

ރިސްކް އެލަވަންސް: -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

މަގާމުގެ މަސްއޫލިއްޔަތު:

  1. ކޯޕަރޭޓް އެފެއާޒް ޑިވިޜަނުގެ އިސްވެރިޔެއްގެގޮތުގައި މަސައްކަތްކުރުން.
  2. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކުރިމަގު އެންމެ އެދެވޭގޮތުގައި ބައްޓަންކުރުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާފުޅާއި އިރުޝާދުގެމަތިން އެކުލަވައިލަންޖެހޭ ޕްލޭންތައް އެކުލަވައިލައި، އެ ޕްލޭންތައް ތަންފީޒުކުރުން.   
  3. މުވައްޒަފުންގެ އުފެއްދުންތެރިކަމާއި، ޝައުޤުވެރިކަމާއި، ވަޒީފާގެ ހިތްހަމަޖެހުން އިތުރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުން.
  4. ކޯޕަރޭޓް އެފެއާޒް ޑިވިޜަނުގެ މުވައްޒަފުންނާ މަސައްކަތް ހަވާލުކޮށް، ހަވާލުކުރެވޭ މަސްއޫލިއްޔަތާއި ވާޖިބުތައް މުވައްޒަފުން އަދާކުރަމުންގެންދާގޮތް މޮނިޓަރކޮށް ބަލައި، ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  5. އޮފީހުގެ އިދާރީ ކަންތައްތައް، ދައުލަތުގެ ފައިސާގެ ޤަވާޢިދުތަކާ އެއްގޮތަށް ބަލަހައްޓައި، އެކަންކަން ކުރަމުން ގެންދިއުން.
  6. ހަވާލުވެފައިވާ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1. މަޤާމަށް  ބޭނުންވާ  ދާއިރާއަކުން  ދަށްވެގެން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  10  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ  ދާއިރާއެއްގައި  EX1  ގެ  ރޭންކެއްގައި  މަދުވެގެން  4 އަހަރުދުވަހުގެ  މަސައްކަތު  ތަޖުރިބާ  ލިބިފައިވުމާއެކު،  މަސައްކަތުގެ  ފެންވަރު  ބެލުމުގެ  ނިޒާމުން  ވިދިވިދިގެން  2 އަހަރުދުވަހު  %80  އިން  މަތިން  މާކްސް  ހޯދާފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، EX1 ގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %80 އިން މަތިން މާކްސް ހޯދާފައިވުން.  

3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި MS2 ގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %80 އިން މަތިން މާކްސް ހޯދާފައިވުން؛

އިތުރު އެލަވަންސް:

މި  މަޤާމަށް،  ލީގަލް  ސަޕޯޓް  އެލަވަންސްގެގޮތުގައި  އަސާސީ  މުސާރައިގެ  %35  އާއި،  ސަރވިސް  އެލަވަންސްގެގޮތުގައި،  އޮފީހަށް  ހާޒިރުވާ  ކޮންމެ  ދުވަހަކަށް  -/120  ރުފިޔާގެ  ރޭޓުން  އެލަވަންސް  ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި

މި މަގާމަށް އެދޭ ފަރާތްތަކުން، 2015 ޑިސެންބަރު 20 ވަނަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ސިޓީ ފޮނުވުން އެދެމެވެ. ސިޓީ ފޮނުވާއިރު، އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަނަވަރާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ފޮނުވުން އެދެމެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީވެސް ބަލައިގަނެވޭނެއެވެ. ފެކްސް ނަންބަރަކީ، 3000644 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

3 ރަބީޢުލްއައްޥަލް 1437

14 ޑިސެންބަރު 2015
ހޯދާ