މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެއަރޕޯޓުތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލް، އެންމެ ތަޖުރިބާހުރި މި ކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލް އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް، ތިރީގައި ބަޔާންކުރާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް: އެސިސްޓަންޓް ގެސްޓް ސަރވިސަސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ )/ ވީ. އައި. ޕީ ލައުންޖް

މަޤާމުގެ ޝަރުޠު:

- އޯލެވެލް އިނގިރޭސި ހިމަނައިގެން 2 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

- އެސް. އެސް. ސީ. އިމްތިޙާނުގައި ދިވެހިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

- އުމުރު: 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތަކަށްވުން.

- ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

- ހޮޓެލް ނުވަތަ ރިސޯޓުގެ ފްރޮންޓްލައިންގައި ނުވަތަ އެފް. އެންޑް. ބީ ދާއިރާގައި 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރައާއި ޢިނާޔަތްތައް: މަހަކު -/10،000 ރުފިޔާއާއި -/11،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ލައުންޖަށް އަންނަ ޕަސެންޖަރުންނަށް މަރުޙަބާ ކިޔައި، އެއްތަނުން އަނެއްތަނަށް ލަގޭޖް ގެންދިއުމަށް އެހީތެރިވުން.
  • ބިޒިނަސް ކްލާހުގެ ޕަސެންޖަރުންނަށް ލައުންގުގެ ފަރާތުން ބޭނުންވާ އެންމެހައި ޚިދުމަތްތައް ފޯރުކޮށްދީ، ކާތަކެތި ސަރވްކޮށް، މޭޒުމަތި ހުސްކޮށް، ގެންގުޅޭ އުލާއި ސަމްސާފަދަ ތަކެތި ދޮވެ ސާފުކުރުން.
  • ބުފޭ ކައުންޓަރ ތައްޔާރުކުރުމުގައި އެހީތެރިވެ، މަދުވާ ތަކެތި ކައުންޓަރަށް ނެރެ އެތުރުން.
  • ބަދިގޭގައި ހިފައި ގެންގުޅޭ އެންމެހައި ތަކެތި ސާފުކުރުން.
  • މުހިންމު ރިކޯޑުތައް ބެލެހެއްޓުމާއި، އެއަރލައިންތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
  • މުޅި ލައުންޖުގެ އެކިސަރަޙައްދުތައް ޗެކްކޮށް، ސާފުތާހިރުކަން ބެލެހެއްޓުން.

މަޤާމް: ސީނިއަރ ކޮމަރޝަލް އޮފިސަރ  

ބޭނުންވާ އަދަދު: 1 (އެކެއް) 

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ކޮމަރޝަލް އެންޑް މާކެޓިންގ

މަޤާމުގެ ޝަރުޠު:

- ބެޗެލަރ ޑިގްރީ އިން ބިޒްނަސް އެޑްމިންސްޓްރޭޝަން (މޭޖަރ: މާކެޓިންގ) ސެޓްފިކެޓް ހާސިލުކޮށްފައިވުމާއެކު، މާކެޓިންގ ދާއިރާގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ  ލިބިފައިވުން ނުވަތަ ޑިޕްލޮމާ އިން އިބިޒްނަސް އެޑްމިނިސްޓްރޭޝަން ސެޓްފިކެޓް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ މާކެޓިންގ ދާއިރާގައި ލިބިފައިވުން.

- ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

- އެއަރލައިން ރޫޓްތަކަށް އަމާޒުކުރެވިގެން އުފެއްދިފައިވާ ސްޓްރެޓެޖީތައް ބޭނުންކުރެވޭނޭ ގޮތްތައް ދެނެގަންނަން އެނގި، ރޫޓްތަކަށް ދެވޭ ޚިދުމަތް އިތުރަށް ޕްރޮމޯޓްކުރާނޭ ގޮތްތައް އެނގުން.

- އަގުތަކަށް އަންނަ ބަދަލުތައް ދެނެގަތުމާއެކު، މިކަމާ ގުޅޭގޮތުން އިތުރަށް ހަރުދާނާކުރަންހުރި ކަންކަން ކުރަން އެނގުން.

- މާކެޓިންގެ މާޙައުލުގައި SWOT ދެނެގަނެ، އެނަލައިޒްކުރުން.

- ލިބޭ މަޢުލޫމާތުތައް ރަނގަޅަށް ދިރާސާކުރުމާއެކު، އިގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުމާއި، އުފެދުންތެރިކަމާއެކު އެކަނި ނުވަތަ ޓީމަކާ އެއްކޮށް މަސައްކަތްކުރަން އެނގުން.

މުސާރައާއި ޢިނާޔަތްތައް: މަހަކު -/11،000 ރުފިޔާއާއި -/14,000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އެއަރލައިން މާކެޓްކުރުމާއި، ރޫޓް ތަރައްޤީކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެހީތެރިވުމާއެކު، މި ދާއިރާގައި ފަތުރުވެރިކަން ތަރަޤީކުރުމަށް ކުރުމުއްދަތުގެ ލަނޑުދަނޑިތައް ކަނޑައެޅުން.
  • ދޭ ޚިދުމަތާއި، މުދަލުގެ ފެންވަރު ރަނގަޅުކުރުމަށް މާކެޓް ރިސާޗްތައް ހެދުން.
  • އުފެއްދުންތެރި ޕްލޭން ހެދުމާއި، އެރޮނޯޓިކަލް ދާއިރާއިން ކުންފުޏަށް ލިބޭ ފައިދާ އިތުރުކުރުމުގައި މެނޭޖަރަށް އެހީތެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 - ސީވީއާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

-  ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 

-  ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ.

-  3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކި ސިޓީއަކުންނެވެ. ސިޓީއާއެކު، ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި:

2015 ޑިސެންބަރު 21 ވަނަ ދުވަހުގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސްކުރާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު – 3325511

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީއާއި ފޯމު ބަލައެއް ނުގަނެވޭނެއެވެ. 

27 ޞަފަރު 1436

09 ޑިސެންބަރު 2015
ހޯދާ