މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
2016 ވަނައަހަރަށް ފަޅުރަށްރަށުގެ ވަރުވާ ދެއްކުމާބެހޭ

2016 ވަނަ އަހަރަށް ފަޅުރަށްރަށުގެ ވަރުވާ ދެއްކުމުގެ މުއްދަތު 2015 ޑިސެންބަރުމަހުގެ ނިޔަލަށް ހަމަވާނެއެވެ. މި މުއްދަތު ހަމަވާއިރު ކުރިއަށް އޮތް އަހަރަށް ވަރުވާ ނުދައްކަވާ ރަށްރަށުގެ ވަރުވާ ދެން ބަލައިގަންނާނީ އެރަށެއްގެ ހަމަ ވަރުވާގެ %25 އާ އެއްވަރުގެ އަދަދެއްގެ ޖޫރިމަނާއާއެކު، 31 ޖަނަވަރީ 2016 ގެ ކުރިން ދެއްކެވުމުންނެވެ.

ވީމާ، 2016 ވަނަ އަހަރަށް ވަރުވާ ނުދައްކާ ފަޅުރަށްރަށް ހުރުމާއެކު އެރަށްރަށް ވަރުވާއަށް ލިޔެދީފައިވާ ފަރާތްތަކަށް ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން މިވާހަކަ ދެންނެވީމެވެ. ފަޅުރަށްރަށުގެ ވަރުވާ ދައްކަވާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ. ވަރުވާ ދައްކަވަން ވަޑައިގަންނަވާއިރު ރަށް ލިޔެދީފައިވާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ފަޅުރަށްރަށުގެ ވަރުވާ އެރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލުންވެސް ބަލައިގަންނާނެ ވާހަކަވެސް ދެންނެވީމެވެ.

25 ޞަފަރު 1437

07 ޑިސެންބަރު 2015
ހޯދާ