ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: |
އިވެންޓްސް އެގްޒެކެޓިވް |
||
މުސާރައާއި އެލަވަންސް: |
މަހަކު -/10000 |
||
މަޤާމުގެ ރޭންކް: |
AS 3 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަސައްކަތް ކުރަންޖެހޭ ތަން |
ޕަބްލިކް ސަރވިސް މީޑިއާ |
ޑިޕާޓްމަންޓް: |
އީ-ކޮމާރސް އެންޑް މާކެޓިންގ |
މަޤާމުގެ ޝަރުޠު: |
ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާގެ 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް އޮތުމާއެކު، 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާގެ 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
||
މަޤާމުގެ މަސްއޫލިއްޔަތު: |
މި ކުންފުނީގެ ޗެނަލްތަކާއި، އުފެއްދުންތައް ޕްރޮމޯޓްކުރުމަށް ބޭނުންވާ އިވެންޓްތައް ކަނޑައަޅައި، އޯގަނައިޒްކޮށް މެނޭޖްކުރުމާއި، ވިޔަފާރީގެ އުސޫލުން އިވެންޓްތައް މެނޭޖްކުރުމުގައި އެހީތެރިވެދީ މަސައްކަތް ކުރުން. |
||
އިތުރުގަޑި: |
އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
||
މި މަޤާމަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު: |
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
||
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 ޑިސެމްބަރު 24 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. |
||
އިންޓަވިއު: |
މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ. |
||
އިތުރު މަޢްލޫމާތު: |
މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
27 ޞަފަރު 1437