ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ތަކެތި ގަންނަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

PSM-GA/2015/421,423

 

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންޏަށް މި ދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.

  • އޮފީސް މޭޒު    (އެގްޒެކްޓިވް)
  • އޮފީސް މޭޒު    (އާދައިގެ)
  • އޮފީސް ގޮނޑި   (އެގްޒެކްޓިވް ހައިބެކް)
  • އޮފީސް ގޮނޑި   (ލޯބެކް)

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕީ.އެސް.އެމް ގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެއެވެ.

27 ޞަފަރު 1437 

09 ޑިސެންބަރު 2015
ހޯދާ