އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2016 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުން ކުރި ނަންބަރު GS41/2015/37 އިޢުލާން، ވީހާވެސް ގިނަ ބަޔަކަށް ފެނި ހަމަހަމަ ފުރުޞަތު ދިނުމުގެ ގޮތުން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، 01 ޖަނަވަރީ 2016 އިން 31 ޑިސެންބަރު 2016 އަށް، އިރުޝާދިއްޔާ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓަވައިދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

27 ޞަފަރު 1437  

09 ޑިސެންބަރު 2015
ހޯދާ