ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމާބެހޭ

މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާބެހޭ

ސްކޫލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސްކުރުމުގެ އުސޫލަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބަދަލު ގެނައުމާ ގުޅިގެން، މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު GS-72/IUL/2015/13ފ(26 ނޮވެންބަރު 2015) އިޢުލާން ބާޠިލުކޮށް، އެކަމަށް އެދި އަލުން އިޢުލާން ކުރަމެވެ.

ވީމާ، 1 އަހަރުދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޑިސެންބަރު 15 ވާ އަންގާރަ ދުވަހުގެ 11:30 މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޑިސެންބަރު 20 ވާ އާދީއްތަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޞަފަރު 1437

09 ޑިސެންބަރު 2015
ހޯދާ