ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ހިންގާނެ ވެރިޔަކު ބޭނުންވެއްޖެ

އިޢުލާން

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ހިންގާނެ ވެރިޔަކު ބޭނުންވެއްޖެ:

މަޤާމް: ސެންޓަރުގެ ވެރިޔާ، ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް

މަޤާމުގެ ކްލެސިފިކޭޝަން: އެކެޑެމިކް

ބޭނުންވާ އަދަދު: 1 (އެކެއް)               

މަޤާމުގެ މުއްދަތު: ޢައްޔަނުކުރާ ދުވަހުން ފެށިގެން 4 (ހަތަރެއް) އަހަރުދުވަސް

ލިބޭ އުޖޫރައާއި އެހެނިހެން ޢިނާޔަތްތައް:

1. މުވައްޒަފަށް ލިބޭ މުސާރައާއި އެލަވަންސް   

  • އެމް. އެން. ކިޔޫ. އެފް. ގެ ލެވެލް 10 ގެ ސަނަދެއްނަމަ، ހުރިހާ އެލަވަންސަކާއެކު، މަހަކު 30,780.00 ރުފިޔާ.
  • ޗީފް އެންޖިނިއަރުކަން ނުވަތަ ކެޕްޓަންކަމުގެ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީނަމަ، ހުރިހާ އެލަވަންސަކާއެކު، މަހަކު 27,125.00  ރުފިޔާ
  • ކުރީގެ ޢިލްމީ މަސައްކަތަށް ބަލައި، މުސާރައާއި އެލަވަންސް، މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓްވުމުގެ ފުރުޞަތު، އެކެޑެމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އޮވެއެވެ.

2. އެލަވަންސް: މި އެލަވަންސް ދެވެނީ، ކިޔަވާ ދަރިވަރުންނަށް ނިސްބަތްކޮށެވެ. އަދި މަސައްކަތް ނިންމުމަށް، އިތުރުގަޑީގައިވެސް މަސައްކަތްކުރާނެކަމަށް ބަލައެވެ.

3. ފޯންއެލަވަންސް: މަހަކު 500 ރުފިޔާ

ތަޢުލީމީ ޝަރުޠުތައް:

އެމް. އެން. ކިޔޫ އެފް. ގެ ލެވެލް 10 ގެ ސަނަދެއް، މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން ނުވަތަ، ޗީފް އެންޖިނިއަރުކަން ނުވަތަ ކެޕްޓަންކަމުގެ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ ލިބިފައިވުން.

ތަޖުރިބާ:

މަތީ ހަރުފަތްތަކުގައި މަދުވެގެން 5 އަހަރުދުވަހުގެ މެނޭޖްމަންޓް ތަޖުރިބާ ހުރުން. ޚާއްޞަކޮށް، މަތީ ތަޢުލީމުގެ ދާއިރާއިން މި ތަޖުރިބާ ހުރުމަކީ އެދެވިގެންވާ ކަމެކެވެ. މަތީ ހަރުފަތްތަކުގެ މެނޭޖްމަންޓް ތަޖުރިބާކަމުގައި ބަލާނީ، ދަށްވެގެން އެސިސްޓަންޓް ޑިރެކްޓަރ ފެންވަރުގެ މަޤާމުތަކުގެ ތަޖުރިބާއެވެ. މަތީ ތަޢުލީމުގެ ދާއިރާގައި ފުލްޓައިމްކޮށް ކިޔަވައިދިނުން ތަޖުރިބާގެ މުއްދަތުގެ ތެރޭގައި ގުނިދާނެއެވެ. ޢަދަދުކުރުމުގައި ތަޖުރިބާ ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.

ވަޒީފާގެ ބައެއް ޝަރުޠުތައް:

1. މަޤާމުގައި ހުންނަ މީހަކަށް، އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީން ބޭރުގައި އަދާކުރެވޭނީ، ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.

2. ރައްޔިތުން ވޯޓުދީގެން ހޮވާ ސިޔާސީ މަޤާމަކަށް ކުރިމަތިލުމުން، މި ވަޒީފާއިން ވަކިވާނެއެވެ.        

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، އެދެވޭ އިތުރު ބައެއް ސިފަތައް:

- ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، އެދެވޭ ބައެއް ސިފަތައް ހިމެނޭ މަޤާމުގެ ފުރިހަމަ ވަޒީފާ ބަޔާން، ޔުނިވަރސިޓީގެ ވެބްސައިޓުން ލިބޭނެއެވެ.

ވެބްސައިޓް އެޑްރެހަކީ، http://mnu.edu.mv/images/announcements/gazette-deans.pdf އެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:

2015 ޑިސެންބަރު 27 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344093 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.  

3 ރަބީޢުލްއައްޥަލް 1437

14 ޑިސެންބަރު 2015
ހޯދާ