މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އުތުރު  ސަރަހައްދުގެ  ކުނި  މެނޭޖްކުރާ  މަރުކަޒަށް  ބޭނުންވާ  މުވައްޒަފުން  ހޯދަން  ކުރެވުނު  IUL) 438/438/2015/293)  ނަންބަރުގެ  އިޢުލާނާއި،  IUL) 438/438/2015/294)  ނަންބަރުގެ އިޢުލާނާއި،  IUL) 438/438/2015/301)  ނަންބަރުގެ  އިއުލާނުގައިވާ  މަޤާމުތަކުގެ  އޮނިގަނޑަށް  ބަދަލުގެންނަން  ބޭނުންވާތީ،  އެ  އިޢުލާނުތަކަށް  ލިބިފައިވާ  އެޕްލިކޭޝަންތައް  ބާޠިލްކޮށް،  ތިރީގައިވާ  މަޤާމުތަކަށް  ކުރިމަތިލުމުގެ  ފުރުޞަތު  އަލުން  ހުޅުވައިލަމެވެ.

މަޤާމު:

އޮޕަރޭޝަންސް މެނޭޖަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/18،000 ރުފިޔާއާއި -/20،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

ރ. ވަންދޫގައި ޤާއިމުކުރެވޭ އުތުރު ސަރަޙައްދުގެ ކުނިމެނޭޖްކުރާ މަރުކަޒު އިސްވެ ހިންގުމުގެ އެންމެހައި ޒިންމާތަކެއް އަދާކުރުން

ފެންވަރު ނުވަތަ ޝަރުޠު:

(ހ) ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަމަންޓް މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 (އެކެއް)  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

(ށ) ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަމަންޓް މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 (ދޭއް)  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

(ނ) ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަމަންޓް މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް)  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

(ރ) ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަމަންޓް މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް)  އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

(ބ) ސިނާޢީ މަސައްކަތްތައް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ޅ) ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ކ) އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

(އ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން.

(ވ) މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމު:

ޕްލާންޓް މެނޭޖަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/17،000 ރުފިޔާއާއި -/15،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

ކުނިމެނޭޖްކުރުމަށް ބޭނުންކުރާ އިންސިނަރޭޓަރއާއި އެންމެހައި އިކްވިޕްމަންޓްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެވޭނެ/ ބެލެހެއްޓޭނެ އިންތިޒާމް ރާވައި ހިންގުމާއި، ފަންނީ މުވައްޒަފުން ތަމްރީނުކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މެކޭނިކަލް/ އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުން ހުރި ދާއިރާ އަކުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން؛

(ށ) މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5  (ފަހެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛

(ނ) ޓީމް ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

(ރ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ބ) އިނގިރޭސި އާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

(ޅ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

މަޤާމު:

ޕްލާންޓް (އިންސިނެރޭޓަރ) އޮޕަރޭޓަރ

ބޭނުންވާ އަދަދު:

3 (ތިނެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި، ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/13،500 ރުފިޔާއާއި -/11،500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

އޮޕަރޭޝަން މެނުއަލްއާއި ތިމާވެއްޓާބެހޭ ގާނޫނު/ޤަވާޢިދުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު އިންސިނެރޭޓަރ ހިންގައި ބެލެހެއްޓުން

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މެކޭނިކަލް/ އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

(ށ) އިންޖީނުގެ ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5  (ފަހެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(ނ) ޓީމެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

(ރ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

(ބ) މަސައްކަތުގެ މާޙައުލުގައި އުޅޭއިރު، އުނދަގޫ ޙާލަތްތަކުގައި ދިމާވާ ކަންތައްތައް، ވިސްނުންތޫނުކަމާއެކު ޙައްލުކުރަން އެނގުން.

(ޅ) އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

(ކ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމު:

ލޭންޑްފިލް ސްޕަވައިޒަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/13،500 ރުފިޔާއާއި -/11،500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • ލޭންޑްފިލް އޮޕަރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ރާވައި، މަސައްކަތް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
  • ކުނިމެނޭޖްކުރުމުގައި، ހެދިފައިވާ ގާނޫނާއި ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެކަން ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) އެންވަޔަރަމަންޓަލް މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

(ށ) އެންވަޔަރަމަންޓަލް މެނޭޖްމަންޓް/ ވޭސްޓް މެނޭޖްމަންޓް ނުވަތަ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(ރ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

(ނ) މަސައްކަތުގެ މާޙައުލުގައި އުޅޭއިރު، އުނދަގޫ ޙާލަތްތަކުގައި ދިމާވާ ކަންތައްތައް ވިސްނުންތޫނުކަމާއެކު ޙައްލުކުރަން އެނގުން.

(ބ) އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

(ޅ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމު:

އެސިސްޓެންޓް އިންޖިނިއާރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/13،500 ރުފިޔާއާއި -/11،500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

ޕަވަރ ޕްލާންޓާއި، ރިވާސް އޯސްމޯސިސް ޕްލާންޓް ހިންގައި ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މެކޭނިކަލް/ އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން އެކަށީގެންވާ ތަމްރީން ލިބިފައިވުން.

(ށ) ޕަވަރ ޕްލާންޓް/ ރިވާސް އޯސްމޯސިސް ޕްލާންޓެއް ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް)  އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(ނ) ޓީމެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

(ރ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

(ބ) މަސައްކަތުގެ މާޙައުލުގައި އުޅޭއިރު، އުނދަގޫ ޙާލަތްތަކުގައި ދިމާވާ ކަންތައްތައް ވިސްނުންތޫނުކަމާއެކު ޙައްލުކުރަން އެނގުން.

(ޅ) އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

(ކ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

އިތުރު ޢިނާޔަތްތައް:

ކަނޑައެޅިފައިވާ އުސޫލުގެމަތިން ކެއުމާއި ހުރުން ރ. ވަންދޫން ހަމަޖައްސައިދެވޭނެއެވެ. އަދި ރ. އިންނަމާދޫއާއި ރ. ރަސްމާދޫގައި ދިރިއުޅޭ ފަރާތްތަކަށް، ކޮންމެ ދުވަހަކު ދަތުރުފަތުރު ހަމަޖައްސައިދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ.
  2. އިންޓަވިއު.
  3. މަސައްކަތަށް ޝައުޤުވެރިކަންހުރި މިންވަރު.

އިތުރު މަޢުލޫމާތު:

  • މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދެވޭނެއެވެ. އަދި،
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ދާއިމީ މުވައްޒަފުންގެގޮތުގައިހަމަ ޖެއްސޭނެއެވެ.
  • އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.  
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3018415 ނަންބަރު ފޯނަށް ނުވަތަ 3018419 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

ސުންގަޑިއާއި، ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2015 ޑިސެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނަރޖީ (ގްރީން ބިލްޑިންގ) އަށް ނުވަތަ،

މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް.

28 ޞަފަރު 1437

10 ޑިސެންބަރު 2015
ހޯދާ