ދިވެހިރާއްޖެ
ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން، އޯގަނިކް ކޮމްޕޯސްޓް (ކާދު) އަދި ބަޔޯ ޕެސްޓިސައިޑް އުފެއްދުމާބެހޭ މަޢުލޫމާތުދީ އެތަކެތި އުފެއްދުމަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް އެކަމަށް ހޮވާ ރަށްރަށުގައި 2016 ވަނަ އަހަރު ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް އެރަށެއްގައި ހިންގައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް، އެރަށެއްގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވަނީ ހުޅުވާލެވިފައެވެ. ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދި ކޯޕަރޭޓިވްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ އެރަށެއްގެ ރަށުކައުންސިލް މެދުވެރިކޮށެވެ. ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމް ހިންގާނޭ ރަށްތައް ކަނޑައެޅުމުގައި ބަލާނީ ތިރީގައިމިވާ ކަންކަމަށެވެ.
- މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށީގެންވާވަރުގެ ބިމެއް އޮތުން.
- ކާދު ތައްޔާރުކުރުމަށް އެކަށީގެންވާ ކަހަލަ ތަކެތި ރަށުން ލިބެން ހުރި މިންވަރު.
- ރަށުގައި ދަނޑުވެރިކަން ކުރަމުންދާ ނިސްބަތް
- މިމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ޕްލޭންކުރެވިފައިވާ މިންވަރު
- ދަނޑުވެރިންނަށް ގަސްކާނާ ފޯރުކޮށްދިނުމަށް ރާވާފައިވާ ގޮތުގެ ހަރުދަނާ ކަމަށް
ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު |
ދަނޑުވެރިކަމުގެ ޕްރޮގްރާމްގެ ނަން |
|
ރާއްޖޭގައި ވިޔަފާރީގެ އުސޫލުން ހައްދާ ބާވަތްތައް އުފެއްދުމަށް އެތެރެކުރާ ކާދުގެ ބަދަލުގައި ތިމާވެށްޓާ ރައްޓެހި ކާދެއް، ޒަމާނީ ގޮތްތައް ބޭނުންކޮށްގެން ތައްޔާރުކުރާނެގޮތް ކިޔައިދިނުމާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުން. އަދި މީގެ އިތުރުން ތިމާވެށްޓާއި އިންސާނުންގެ ޞިއްޙަތަށް ރައްކާތެރި ގޮތްތަކަށް ތައްޔާރުކުރެވޭ ބަޔޯ ޕެސްޓިސައިޑްސް ތައްޔާރުކުރާނެގޮތް ދަސްކޮށްދިނުން. |
|
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރު 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު: |
|
އެޕްލިކޭޝަންފޯމު ކައުންސިލުގެ ސިޓީއަކާއެކު ހުށަހެޅުން (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބިލައްވާނެ) www.fishagri.gov.mv ޚިދުމަތަށް އެދޭ ފޯމު / ދަނޑުވެރިކަމާބެހޭ ދާއިރާ |
ހުށަހަޅަންޖެހޭ ތަކެތި: |
|
ސުންގަޑި: 18 ޖަނަވަރީ 2016 ގެ 14:00 |