މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ބުރުތަކެއް ހެދުމަށް

ރ.އަނގޮޅިތީމު ބަނދަރުގައި ބުރުތައް ހެދުމަށް ބޭނުންވެއްޖެ:

ރ.އަނގޮޅިތީމު ބަނދަރު ސަރަޙައްދު ރީތިކުރުމާއި ޒީނަތްތެރިކުރުމާއި އަދި ޢާންމުންގެ ލުއިފަސޭހައަށްޓަކައި ބަނދަރުގައި ބުރުތަކެއް ހެދުމަށް ބޭނުންވެއްޖެއެވެ. މިއިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 20 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުއެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުންވެސް އޮންނާނީ ދެންނެވިފައިވާ ތާރީޚުގައި 10:30 ގައި ރ.އަނގޮޅިތީމު ކައުންސިލްގެ އިދާރާގެ ކޮންފަރެންސްރޫމުގައެވެ.

މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާއިރު އައި.ޑީ. ކާޑު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި ހާޒިރުވާނަމަ އަންނަ ފަރާތުގެ އައި.ޑީ ކާޑާއި އަދި ފޮނުވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއާއެކު ސިޓީ ގެންނަވަންވާނެއެވެ. 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

މަސައްކަތުގެ އަގު:   %90

މަސައްކަތުގެ މުއްދަތު: %5

ލިބިފައިވާ ތަޖުރިބާ:   %5

03 ރަބީޢުލްއައްވަލް 1437 

14 ޑިސެންބަރު 2015
ހޯދާ