ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު |
އެނިއުމަރޭޓާރސް (ސުވާލުދާރުން) |
މުސާރައާއި ޢިނާޔަތްތައް |
ދުވާލަކަށް -/300 ރުފިޔާ އަދި މީގެ އިތުރުން، މަސައްކަތުގެގޮތުން ދޭންޖެހޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން |
މާލެ، އަތޮޅުތެރެ / މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސަރވޭ 16/2015 |
ބޭނުންވާ އަދަދު |
ޖުމުލަ 50 (ފަންސާސް) ސުވަލުދާރުން. |
ބޭނުންވާ މުއްދަތު |
ސަރވޭގެ ޓްރެއިނިންގ ފެށިގެން ފީލްޑް މަސައްކަތް ނިމެންދެން. (4 މަސްދުވަހާއި 6 މަސްދުވަހާ ދެމެދުގެ މުއްދަތަށް) |
މަޤާމުގެ ޝަރުތު |
1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، އެސް. އެސް. އީ އިމްތިޙާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
އިންޓަވިއުކުރުމުގައި ބެލޭނެ ކަންތައްތައް |
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސަރވޭގައި ފީލްޑް މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތްކުރަމުންދާނީ، މާލެއާއި އަތޮޅުތެރޭގެ ރަށްރަށުން ސަރވޭކުރުމަށް ގުރުއަތުން ހޮވޭ ގެތަކަކަށް ޒިޔާރަތްކޮށް، އެ ގޭގައި ދިރިއުޅޭ، ސަރވޭކުރުމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކާ ބައްދަލުކޮށް، ކަނޑައެޅިފައިވާ އުޞޫލުން ސުވާލުކޮށް މަޢުލޫމާތު އެއްކުރުމަށެވެ. މައިގަނޑު މަސައްކަތްތައް.
ނޯޓު * ސުވާލުދާރުންނަށް ސަރވޭގެ ހުރިހާ ބައިތަކެއްގެ މަސައްކަތްތައް ކުރިއަށްގެންދަން ޖެހޭނެގޮތުގެ ފުރިހަމަ މަޢުލޫމާތު، ސަރވޭގެ ތަމްރީނުގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ. ސަރވޭގައި މަސައްކަތްކުރެވޭނީ، މި ތަމްރީނު ނިންމުމަށް ފަހުއެވެ. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ތަކެތި: |
1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ. 4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. 5. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން، އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް. |
ނޯޓު: |
ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް އީމެއިލްގެ ޒަރީޢާއިން ގަބޫލުކުރެވޭނެއެވެ. ވީމާ، އީމެއިލްގެ ޒަރީޢާއިން ހިއްސާކުރަން ތިރީގައިމިވާ އީ-މެއިލަށް ފޮނުވުން އެދެމެވެ. |
ސުންގަޑި: |
2015 ޑިސެންބަރު 20 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3014330 ނަންބަރު ފޯނަށް ނުވަތަ 3014335 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
26 ޞަފަރު 1437