ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އެސިސްޓެންޓް ރިސަރޗް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:   

ދިވެހިބަހުގެ އެކެޑަމީއަށް، މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

އެސިސްޓެންޓް ރިސަރޗް އޮފިސަރ

ބޭނުންވާ އަދަދު:

1

ރޭންކު:

ޖީ. އެސް. 3

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 /  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

މަޤާމު ގިންތި:

ދާއިމީ

މަސައްކަތްކުރަން ޖެހޭ ސެކްޝަން:

ބަހާބެހޭ ބައި

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ، މާލެ

 

 

މަޤާމުގެ ޝަރުތު:

- ބަސް  ނުވަތަ  ތާރީޚު  ނުވަތަ  އިދާރީ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް  އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ"  ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ބަހުގެ ރިސަރޗް ހެދުމަށްޓަކައި އެކެޑަމީން ރާއްޖެއާއި ރާއްޖޭން ބޭރަށް ހުށަހަޅާ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވުން.

2. ބަހުގެ ރިސަރޗް ހެދުމަށްޓަކައި ބޭނުންވާ ޑޭޓާ ނެގުމުގައި އެހީތެރިވުން.

3. ބަހުގެ ދިރާސާކުރުމުގައި ތަންތަނަށްގޮސް ހޯދަންޖެހޭ މަޢުލޫމާތު ހޯދައި އެއްކުރުން.

4. ރިސަރޗްތަކުން ހޯދާ މަޢުލޫމާތާއި، ލިޔެކިޔުންތަކާއި، އޯޑިއޯއާއި، ވީޑިއޯ ފަދަ ތަކެތި، އޭގެ ޞައްޙަކަން ނުގެއްލޭގޮތަށް އަދި ސިއްރު ހިފެހެއްޓޭނެހެން ރައްކާތެރިކަމާއެކު ބެލެހެއްޓުން.

5. ރިސަރޗް މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެކެޑަމީން ކަނޑައަޅާ އުސޫލެއްގެމަތިން އެ ފަރާތްތަކަށް ފޯރުކޮށްދިނުން.

6. ބަހުގެ ރިސަރޗް ހެދުމަށްޓަކައި ބޭނުންވާ ސާމާނު އެކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން.

7. ބަހުގެ ތަފާތު ދިރާސާތައް ކުރުމަށްޓަކައި އެކަށައަޅާ ބަޖެޓުގެ ތެރެއިން މަސައްކަތް ރާވައި ހިންގުމުގައި އެހީތެރިވުން.

8. ބަހުގެ ރިސަރޗް ރިޕޯޓު، ޕްރެޒެންޓޭޝަން، އަދި އަރޓިކަލްތައް ތައްޔާރުކުރުމުގައި ރިސަރޗް ހަދާ ފަރާތްތަކަށް އެހީތެރިވުން.

9. ދިވެހިބަސް ކުރިއެރުވުމަށްޓަކައި ކުރިޔަށްގެންދާ ތަފާތު މުބާރާތްތަކާއި، ބަހުގެ ތަރައްޤީއަށް ހިންގާ ތަފާތު ޕްރޮގުރާމްތައް ހިންގުމުގައި އެހީތެރިވުން.

10. އެކެޑަމީން ހިންގާ، ބަހާ ގުޅުންހުރި ތަފާތު ކޯސްތައް ރާވައި ހިންގުމުގައި އެހީތެރިވުން.

11. ދިވެހިބަސް ކުރިއެރުވުމަށްޓަކައި އެކެޑަމީން ހިންގާ އެކި ކޮމެޓީތައް ހިންގުމުގައި އެހީތެރިވުން.

12. ސަރުކާރުން ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

 

 

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

- ތަޢުލީމީގޮތުން އެންމެ މަތީމާކުސް ލިބިފައިވުމާއި، ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

- ދިވެހިބަހުން  މުޢާމަލާތުކުރުމުގެ ޤާބިލުކަންހުރި މިންވަރު.

- މުއައްޒަފުންނާ ގުޅިގެން  މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަންހުރި މިންވަރު.

- ކަންކަމަށް އިސްނެގުމުގެ ހުނަރުހުރި މިންވަރު.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މިންވަރު.

 

ސުކްރީންކުރުމުގައި ބަލާނެ ކަންތައްތައް:

- އިޢުލާނުގައިވާ ސުންގަޑިއަށް ފޯމު ހުށަހަޅައިފައިވުން.

- ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތައް ހަމައަށް ހުރުން.

- ސިވިލް ސަރވިސްގެ ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުޠުތައް ފުރިހަމަވެފައިވުން.

- އިޢުލާނުގައިވާ އަސާސީ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.

2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދީފައިވާ ލިޔެކިޔުންތައް.

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ނަކަލު (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)

4. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު އިޢުތިރާޒެއްނެތްކަމުގެ ލިޔުން.

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމޭލް އެޑްރެހާއެކު)

ސިޓީ ފޮނުވަންވީ ސުންގަޑި:

2015 ޑިސެންބަރުމަހުގެ 20 ވާ އާދީއްތަދުވަހުގެ މެންދުރުފަހުގެ 1.30

ސިޓީ ފޮނުވަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

 

 

އިތުރު މަޢުލޫމާތު:

- ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު،  މި  އެކެޑެމީގެ  ކައުންޓަރުން،  ބަންދު  ނޫން ކޮންމެ ދުވަހެއްގެ 8.00 އިން 14.00 އަށް ލިބެން ހުންނާނެއެވެ. އަދި މި ޢިއުލާނާއި ފޯމު، ދިވެހިބަހުގެ އެކެޑެމީގެ  www.dhivehiacademy.edu.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3345299 ނަންބަރު ފޯނަށް ނުވަތަ 3345297  ނަންބަރު ފޯނަށެވެ.

- މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވަން ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްހަފްތާ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ، ދިވެހިބަހުގެ އެކެޑެމީގައެވެ.  

24 ޞަފަރު 1437

 

 

06 ޑިސެންބަރު 2015
ހޯދާ