މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސީ އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް، ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރުމަށްޓަކައި، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއެވެ.

މަޤާމު:

ޑްރައިވަރ

މީހުން ބޭނުންވާ ރަށްތައް:

ނ. މަނަދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ފ. ނިލަންދޫ، ލ. ގަން، ގދ. ގައްދޫ، ޏ. ފުވައްމުލައް އަދި މާލޭ ސަރަހައްދު

ބޭނުންވާ އަދަދު:

ކޮންމެ ރަށަކަށް 1  (މާލޭ ސަރަހައްދަށް 2 މީހުން)

ކޮންޓްރެކްޓްގެ މުއްދަތު:

1 (އެކެއް) އަހަރުދުވަސް

މުސާރަ:

(މަހަކު) -/5020 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/2000 ރުފިޔާ

 

އެހެނިހެން އެލަވަންސާއި އުޖޫރަ:

ސްޕެޝަލް ޑިއުޓީ އެލަވަންސަށް މަހަކު -/1757 ރުފިޔާއާއި، ޔުނީފޯމް އެލަވަންސަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. (މުސާރައާއި، ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ އެލަވަންސާއި، ޔުނީފޯމް އެލަވަންސަށް މުޅިޖުމްލަ މަހަކު -/8877 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން، ހާޑްޝިޕް އެލަވަންސްގެގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާއާއި،  ޝިފްޓް ޑިއުޓީ އެލަވަންސާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ފެންވަރު ނުވަތަ ޝަރުޠު:

 

1- ނެވިގޭޝަންގެ ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ކެޓަގަރީން އޭ، ބީ، ސީ ލައިސަންސް ލިބިފައިވުން. ނުވަތަ؛

2- ޕެޓްރޯލް އަދި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްހުރި މީހަކުކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު:

ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން.

އާންމުކޮށް މަސައްކަތްކުރަންޖޭ ތަން:

ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި

 

ސުންގަޑި:

- މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، 2015 ޑިސެންބަރު  20 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ އެރަށެއް ހިމެނޭ ރަށު ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.

- ސިޓީގައި، ގުޅޭނެ ފޯނު ނަންބަރު ޖަހަންވާނެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، 3342967 ނަންބަރު ފޯނަށް ނުވަތަ 9708060 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

27 ޞަފަރު 1437

09 ޑިސެންބަރު 2015
ހޯދާ