ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ތަކެތި ނީލަމުގައި ވިއްކާލަން

ކ.މާފުށި އިންޖީނުގޭގައި ހުރި މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

- 01 ޓްރާންސް ފޯމަރު        ( 315 KVA ) ހަލާކުވެފައިހުރި

- 01 ޓްރާންސް ފޯމަރު        ( 300 KVA ) ހަލާކުވެފައިހުރި

- 01 ކަމިންސް ޖަނަރޭޓަރ ސެޓް  ( 600 KW )  ހަލާކުވެފައިހުރި

- 01 ކަމިންސް އިންޖީނު ބްލޮކް   ( 250 KVA ) ހަލާކުވެފައިހުރި

މިތަކެތީގެ ނީލަން ފެށޭ އަގަކީ -/130,000ރ (އެއްލައްކަ ތިރީސްހާސް ރުފިޔާ) އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/3,000ރ (ތިންހާސް ރުފިޔާ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން އެތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ނީލަން ފެށޭ އަގުގެ %50 އަށް ވާ -/65,000ރ (ފަސްދޮޅަސް ފަސްހާސް ރުފިޔާ) ގެ ޑިޕޮޒިޓް ދެއްކެވުމަށްފަހު ފައިސާ ދެއްކެވި ރަޝީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 2015 ޑިސެންބަރު 14 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ހާޒިރުވެދެއްވުން އެދެމެވެ. އަދި މިތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދެވުން އެދެމެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް، އަލުން އެތަކެތި ނީލަމަށްލެވޭނެކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެއެވެ. އަދި އެފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ވެސް ނުލިބޭނެއެވެ.

ނީލަމުގައި ބައިވެރިވެލެއްވި ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބުކުރެއްވި ފަރާތް ނޫން އެެހެން ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނީމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނައި) 07 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް ހަވާލު ކުރެވޭނެއެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފު ކުރެއްވުމަށް ނަންބަރު 6640002 ފޯނާ ގުޅުއްވުން އެދެމެވެ.

25 ޞަފަރު 1437 

07 ޑިސެންބަރު 2015
ހޯދާ