މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަލްޓި މީޑިޔާ ސްޕެޝަލިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން:

މަލްޓި މީޑިޔާ ސްޕެޝަލިސްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ޑިޕާޓްމަންޓް / ސެކްޝަން:

ޑިޖިޓަލް މީޑިޔާ އެންޑް އޮންލައިން މާކެޓިންގ

މުސާރަ:

-/10,800 ރުފިޔާ

ޑެއިލީ އެލަވަންސް:

-/7,200 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މި ކޯޕަރޭޝަނުގެ ފަރާތުން ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި، އެހެނިހެން ބޭނުންތަކަށް ޑިޒައިންކުރަން ބޭނުންވާ ތަކެތި ޑިޒައިންކުރުން.
  • މި ކޯޕަރޭޝަނުން ހަވާލުކުރާ އޮފީހުގެ މަސައްކަތާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން:

2015 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 14:15 ގެ ކުރިން، ވެލާނާ ބިލްޑިންގުގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.

- މަސައްކަތާ ގުޅުންހުރި ތަޢުލީމީ ސެޓުފިކެޓު ލިބިފައި ނުވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެޓުފިކެޓުގެ ލެވެލް އެނގޭނެ ލިޔުމެއް ހުށަހެޅުން (ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް)

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް މީހުން ހޮވުމުގައި، ބްލޮގް ކޮންޓެންޓާއި، ސޯޝަލް މީޑިއާގެ ކޮންޓެންޓް ލިޔާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯދުމަށް ގުޅާނީ،  3323228 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް އިންޓަވިއު ކުރެވޭނީ، ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 5 (ފަހެއް) ފަރާތަކާއެވެ. 
  • ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީއެއް ނުފޮނުވޭނެއެވެ.

ސިޓީ އެޑްރެސްކުރާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

                                      24 ޞަފަރު 1437

06 ޑިސެންބަރު 2015
ހޯދާ