ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއިދާރާގެ ނަންބަރު: IUL)393/393/2015/45)ފ(08 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މިރަށުގައި ތަރައްޤީކުރެވޭ ފުޓްސެލްދަނޑު ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން އެދިލައްވާ ފަރާތްތަކުން ކިނބިދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާބެހޭ ތަފުސީލު މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 14 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 13:00 ގައި މިއިދާރާގައެވެ. އަންދާސީ ސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 13:00 ގައި މިއިދާރާގައެވެ.. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯޒަލް ހުށަނޭޅުއްވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތުދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުމުގެ ސެޝަނުގައިވެސް ބައިވެރިނުވެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޞަފަރު 1437                        

02 ޑިސެންބަރު 2015
ހޯދާ