ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ކެންޓީނު ކުއްޔަށް ދޫކުރުމާބެހޭ

ޣާޒީ ސްކޫލުގެ ކެންޓީނު ކުއްޔަށް ދޫކުރުމާބެހޭ

މި ސްކޫލުގެ ކެންޓީނު ހިންގަވަން ޝައުޤުވެރިވާ ފަރާތްތަކަށް 2016 ވަނަ އަހަރު ކެންޓީނު ހިންގުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުން 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މި ސްކޫލުގެ އޮފީހުގައި އޮންނާނެއެވެ. އަދި މިސްކޫލަށް ބިޑް ހުށަހަޅުއްވާނީ 21 ޑިސެންބަރު 2015 ހޯމަ ދުވަހުގެ 10:00 އަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނަންބަރު ފޯނާއެވެ.

07 ޑިސެންބަރު 2015
ހޯދާ