މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ކ.ވިލިނގިލީ އެމް.ޑަބްލިޔު.އެސް.ސީ އިމާރާތްތަކާއި ގޯތިތައް ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުން - ރިޓެންޑަރ

މިކުންފުނިން ކުރި އިޢުލާން (ނަންބަރު MWSC-61/ADV/2015/172) ގެ ދަށުން އިޢުލާން ކުރެވުނު މަސައްކަތަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ބީލަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން ކ.ވިލިނގިލީ އެމް.ޑަބްލިޔު.އެސް.ސީ އިމާރާތްތަކާއި ގޯތިތައް ފޮޅައި ސާފުކުރާނެ ފަރާތެއްް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހެޅުއްވުމުގެ ދަޢުވަތު އަރުވަމެވެ.

މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 14 ޑިސެންބަރު 2015 ދުވަހުގެ 11:20 އަށް ފެން ބިލްޑިންގގެ 05 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަގު ހުށަހެޅުން އޮންނާނީ 17 ޑިސެންބަރު 2015 ދުވަހުގެ 11:20 ގައި އެމް.ޑަބްލިޔު.އެސް.ސީ، ފެން ބިލްޑިންގގެ 05 ވަނަ ފަންގިފިލާގައެވެ. އަދި އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

10 ޑިސެންބަރު 2015
ހޯދާ